ads
އައިޝްވާރިއާ ރާއީ ބަޗަން
އައިޝްވާރިއާއަށް ރެޑް ނޯޓިސް
ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި މިސް ޔުނިވާސްގެ ލަގަބު ހޯދާފައިވާ އައިޝްވާރިއާ ރާއީ ބަޗަން އަށް އިންޑިއާ ސަރުކާރުން ރެޑް ނޯޓިސް ދީފިއެވެ.

ބުދަ ދުވަހު ރެޑް ނޯޓިސް އައިޝްވާރިއާއަށް ފޮނުވާފައިވަނީ އެނާ އިއާދަކުރަނިވި ހަކަތަ ވިއްކުމަށް އަޅާފައިވާ ފާމުން  ޓެކްސް ދައްކާފައިނުވާތީއެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި އެކްޓަރުގެ ފާމް އޮންނަނީ ނާޝިކްގެ "އަދުވާދީ" ގައެވެ. އެ ބިމުގެ ޓެކްސް ނުދައްކާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ ބިމުގެ ބޮޑު މިނަކީ އެއް ހެކްޓަރެވެ. 

ނޯޓިސް ލިބުމާއެކު އައިޝްވާރިއާ ވަނީ އެނާ އެ ދުވަހުން އެ ދުވަހަށް ޓެކްސް ދައްކާނެކަން ނޯޓިސް ފޮނުވި ޓެކްސް އާއި ގުޅޭ އިދާރާއަށް އަންގާފައެވެ.  

އައިޝްވާރިޔާއަށް ބިމުން ޓެކްސްގެ ގޮތުގައި ދައްކަންޖެހެނީ 21،960 އިންޑިއަން ރުފީޒް (4،149 ރުފިޔާ)  އެވެ.  ނޯޓިސްގައި ބުނެފައި ވަނީ ޗިޓު ލިބޭތާ 10 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސް ނުކޮށްފިނަމަ ބިމުގެ އާމްދަނީއާ ބެހޭ ގާނޫނު، 1966 ގެ 174 ވަނަ މާއްދާގެ ދަށުން އައިޝްވާރިޔާއާ މެދު އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.

އައިޝްވާރިޔާ އެންމެ ފަހުން ފެނިފައިވަނީ މަނީ ރަޓްނަމްގެ ތަމަޅަ ތާރީހީ ފިލްމު "ޕޮންނީން ސެލްވާން: ވަން" އިންނެވެ. މި ފިލްމުގެ ސީކުއެލް "ޕޮންނީން ސެލްވާން: ޓޫ" ރިލީޒް ކުރާނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އެ ފިލްމުން ވެސް އައިޝްވާރިއާ ފެންނާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް