ads
ނޭޕާލްގެ ފްލައިޓު ވެއްޓުމުގެ ކުރިން ނަގާފައިވާ މަންޒަރުތަކެއް އަދި ވެއްޓުނު ފްލައިޓް
ވެއްޓުނު ފްލައިޓުގެ އެތެރެއިން ފެނުނު މަންޒަރުތައް ވަރަށް ބިރުވެރި
ނޭޕާލްގެ ކަތަމަންޑޫއިން ފުރައިގެން އެ ގައުމުގެ ޕޮކާރާ އަވަށަށް ދަތުރުކުރަނިކޮށް މިދިޔަ އާދިއްތަ ދުވަހު ދަތުރުކުރި މަތިންދާ ބޯޓު ވެއްޓުމުގެ ކުރިން އޭގެ ތެރޭގައި އިން ޕަސެންޖަރެއް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ.
Advertisement

ފްލައިޓް ވެއްޓުނުއިރު އޭގެ ތެރެގައި 72 ޕަަސަންޖަރުން ތިއްބެވެ. ހާދިސާ ހިނގުމުގެ ކުރިން އޭގެ އިންޖީނުތަކުގައި ވަނީ ހުޅުހިފާފައެވެ. 

ފްލައިޓް ވެއްޓި އޭގައި ތިބި އެންމެން ވެސް ވަނީ މަރުވެފައެވެ. ބައެއް މީހުންގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ. 

ފްލައިޓު ވެއްޓުމުގެ ކުރިން އެގޭތެރޭގައި އިން އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސޯނޫ ޖައިސްވަލް ކިޔާ މީހަކު ފޭސްބުކް ލައިވްއަށް ނަގާފައިވާ ވީޑިއޯއިން ފެންނަނީ އޭނާ އިން ފްލައިޓް ކުއްލިއަކަށް ވެއްޓި ހުޅުހިފާތަނެވެ. އަދި ބާރު އަޑުފަށްގަނޑާއެކު ފޯނުވެސް ވިއްސައިގެން ދެއެވެ.

މިހާދިސާ ހިނގިއިރު ފްލައިޓު ވަނީ ރަންވޭގައި ޖައްސަން ވަރަށް ކައިރިވެފައެވެ. ވީޑިއޯ ނަގާފައިވާ ސޯނޫ އާއެކު މި ފްލައިޓުން އިންޑިއާގެ ފަސް މީހުން ދަތުރުކުރިއެވެ. އެ ފަސް މީހުންނަކީ ވެސް އުއްތުރަ ޕްރަދޭޝް އަށް ނިސްބަތްވާ ފަސް މީހުންނެވެ. 

ނޭޕާލުން ގެންދަނީ ފްލައިޓް ވެއްޓުނީ ކިހިނެއްތޯ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ފްލައިޓުގެ ބްލެކް ބޮކްސް މިހާރު ވަނީ ތަހުގީގުޓީމުން ހޯދާފައެވެ.  

10%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް