ads
އާރްޓީއެލް މިނީ ބަހުގެ ހިދުމަތް އަންނަ ހުކުރު ދުވަހު ވިލިމާލޭގައި ފެށުމަށް އެމްޓީސީސީން ދަނީ ތައްޔާރުވަމުން
ގަވާއިދާ ހިލާފަށް، ވަގަށް، ރޭ ދަންވަރު ވިލިމާލެއަށް ބަސްތަކެއް އަރުވައިފި: މުއިއްޒު
ރޭ ދަންވަރު، ސިޓީ ކައުންސިލްގެ ހުއްދަ ހޯދުމަކާ ނުލައި، ވިލިމާލެއަށް ބަސްތަކެއް އަރުވާފައިވާ ކަމަށާއި އެކަން ފުލުހުންނާއި އެލްޖީއޭގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަސް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ހެނދުނު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ރޭ ދަންވަރު، ސިޓީ ކައުންސިލްގެ ހުއްދަ ހޯދުމަކާއި ނުލައި، ވިލިމާލެއަށް ބަސްތަކެއް އަރުވާފައިވާ ކަމަށާއި އެކަން ފުލުހުންނާއި އެލްޖީއޭގެ ސަމާލު ކަމަށް ގެނެސްފައިވާ މޭޔަރު މުއިއްޒު ވިދާޅުވެފައިވާއިރު، މި ބަސްތަކަކީ ވިލިމާލޭގައި އާއްމު ދަތުރުފަތުރަށް އެމްޓީސީސީން ގެންދިޔަ ބަސްތަކެވެ. އެމްޓީސީން ކުރި ޓްވީޓެއްގައި ބަސްތައް ގެންގޮސްފައިވާކަން ހާމަކޮށްފައިވެއެވެ. 

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ފަށަން ތައްޔާރުވިއިރު، މާލޭ ސިޓީ ކައުންސިލުން އަންނަނީ ވިލިމާލެއަށް ބަގީ ހިދުމަތް ފަށަން ތައްޔާރުވަމުންނެވެ. ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފެށުމުގެ މަގުމަތީ އުޅެނިކޮށް އެމްޓީސީސީގެ ބަހުގެ ހިދުމަތް ފަށާނީ މޭޔަރުވަނީ ކުރިންވެސް ނުރުހުން ފާޅުކުރައްވާފައެވެ.

ވިލިމާލޭގައި އާންމު ދަތުރުފަތުރަށް ބޭނުން ކުރަނީ ބަގީގެ ހިދުމަތެވެ. އިންޖީނުލީ އުޅަނދުތައް ބޭނުމެއް ނުކުރެ އެވެ. ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގައި އެރަށުގައި ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އިމްޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކާއި ނަމަވެސް، އެ ކުންފުނިން އެއްގޮތަކަށް އެ ހިދުމަތް ނުދޭތާ ހަތަރު މަސް ވެއްޖެ ކަމަށް އެކައުންސިލްގެ ވިލިމާލޭ މެންބަރު ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް