ads
ރޮޒައިނާ އެމްޑީޕީގެ ރައީސް ނަޝީދު އަދި ލީޑަރު ރައީސް ސޯލިހް އާއިއެކު----
ނަޝީދު ރިވެތިކޮށް ކަންކުރައްވާނަމަ ރައީސް ސޯލިހާއި ވާދައެއް ނުކުރެއްވީސް: ރޮޒައިނާ
އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު ރިވެތިކޮށް ކަންކުރައްވަން ބޭނުންފުޅުވިނަމަ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަނުކުރެއްވީސް ކަމަށް މީދޫ ދާއިރާގެ މަޖިލިސްް މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
Advertisement

ރޮޒައިނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިމަތިލައްވާ ނަމަ އެންމެ ރީތި ގޮތަކީ، މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ވާދަކުރުން ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެެއްވަ އެވެ. 

ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގައި ރޮޒައިނާ ވިދާޅުވީ، ރިވެތިގޮތަށް ނަޝީދު ކަންތައްކުރާނަމަ، ޕާޓީގެ ސިޓިން ޕްރެޒިޑެންޓެއް ހުއްޓައި ދެވަނަ ވަނަދައުރަކަށް ޕްރައިމަރީ އެއްނުވެސް އޮންނާނެ ކަމަށެވެ. 

"އަދި އެމަނިކުފާނާ ވާދަކޮށް ޕާޓީތެރެ ގަޑުބަޑުކުރާކަށް ނުވެސް އުޅުއްވާނެ. އެކަތިގަނޑެއްހެން އެންމެން އެކީ ރައީސް އިބޫ އާއެކު ނުކުތީސް،" ރޮޒައިނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ދެވަނަ ދައުރަކަށް ނުކުތްއިރު އެމްޑީޕީން ރައީސް ނަޝީދާއި ވާދަކުރައްވަން އެއްވެސް މީހަކު ނުނިކުންނަކަން ވެސް ރޮޒައިނާ ފާހަގަކުރެއްވި އެވެ. އޭރު ނަޝީދާއި ދެކޮޅަށް ޕާޓީން އިތުރު މީހަކު ވެރިކަމަށް ވާދަކުރައްވަން ނިކުމެވަޑައި ނުގަތީ "ރިވެތިގޮތަށް ކަންތައްކުރަންވެގެން" ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އެ އެރިވެތިގޮތް ނޭގުމުގެ އަގު އެމްޑީޕީއަށް ވަރަށް ބޮޑުވާނެ ކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ، ނަމަވެސް އެމްޑީޕީގެ ގިނަ މީހުންނަށް ހެޔޮވިސްނޭތީ މިއިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް ސޯލިހް ކަމަށެވެ.

ރައީސް ސޯލިހް ވިިދާޅުވާގޮތުން އެމަނިކުފާނު ދެވަނަ ދައުރެއް ބޭނުންފުޅުވަނީ އެމްޑީޕީ ކުރިއަށް ގެންދިއުމަށާއި، ރައްޔިތުންނަށްވީ ވައުދުތަކުގެ ތެރެއިން ނުފުއްދި ހުރި ވައުދުތައް ފުއްދައި، ފަށާފައިވާ މަޝްރޫއުތައް ނިންމުމަށެވެ. އަދި ކުރީގެ ބިރުވެރި ހާލަތައް ރާއްޖެ ދާތަން ބަލަން ބޭނުން ނުވުމާއި، އެމްޑީޕީ މަގުމަތިވާތަން ބަލަން އަލުން  ބޭނުން ނުވާތީ އެވެ. 

ރައީސް ނަޝީދު ވިދާޅުވަނީ، އެމްޑީޕީއަށް ކާމިޔާބު އޮތީ އެމަނިކުފާނާއި އެކު ކަމަށެވެ. އެމަނިކުފާނު މިފަހަރު ވެރިކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވަނީ، އެމްޑީޕީ އުފެދިގެން އައި އަސްލު މަގުސަދު ކަމަށްވާ 30 އަހަރު ދުވަސްވީ "މައުމޫނީ ފިކުރެއް" އަނެއްކާވެސް އުފަންވާތަން ފެންނަމުންދާތީ އާއި ރައްޔިތުންނަށް އެމްޑީޕީން ވީ ވައުދު ނުފުއްދި މެނިފެސްޓޯ ވެސް ތަންފީޒުކުރައްވަމުން ނުގެންދަވާތީ އެވެ. 

ނަޝީދު ވިދާޅުވިގޮތުން، ކެމްޕެއިންގައި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުންގެ ތާއީދު ރައީސް ސޯލިހަށް ނެތް މިންވަރު ސާފުވެވަޑައިގެން ނެވި އެވެ. އެކަމަކު ރައީސް ސޯލިހް ވިދާޅުވަނީ މި އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނީ ހަމައެކަނި އެމަނިކުފާނާއި އެކުގައި އިންތިހާބަކަށް ދިއުމުން ކަމަށާއި، އެކަން ކުރެއްވޭނެ އިތުރު ބޭފުޅަކު މިވަތު އެމްޑީޕީގައި ނެތެވެ. ރައީސް ސޯލިހް ވިދާޅުވާގޮތުން މިހާތަނަށް ކެމްޕެއިންނަށް ވަޑައިގެން ހުރިހާ ރަށަކުންވެސް ފެނުނީ ވަރަށް ސާފުކޮށް އެމަނިކުފާނަށް 2023 ގެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް