ޖައިޝަންކަރު ރާއްޖެވަޑައިގެންނެވީ ރޭ އޮތް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފެއްޓުމުގެ ރަސްމިއްޔާތަށެވެ.
ޖައިޝަންކަރު އިއްޔެ ރާއްޖެވަޑައިގެންނެވީ ސީދާ ނ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ޖައިޝަންކަރު އިއްޔެވަނީ އުތުރުގެ ހަތަރު ރަށަކަށް ވަޑައިގަންނަވާފައެވެ.
ޖައިޝަންކަރު ރާއްޖެއަށް އެންމެ ފަހުން ދަތުރުފުޅެއް ކުރެއްވީ 2022 ވަނަ އަހަރުގެ މާޗު މަހު އައްޑޫ ސިޓީއަށެވެ.
ޖައިޝަންކަރު މިއަދު ރާއްޖެއިން ފުރާވަޑައިގެން ސީދާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަވަށްޓެރި ސްރީލަންކާ އަށެވެ.