ads
ދޮންދީނާގެ ހުޅުމާލޭ އައުޓްލެޓް
ދޮންދީނާގެ އައުޓްލެޓެއް ހުޅުމާލޭގައި
ޝާއީ ބްރޭންޑްގެ ކޮފީ ވެންޑިންގ މެޝިން ރާއްޖެ އެތެރެކޮށް މާކެޓް ކުރާ ދޮންދީނާ ޕްރައިވެޓް ލިމިޓެޑުގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ދޮންދީނާ ކުންފުންޏަކީ ޝާއީ ބްރޭންޑްގެ ކޮފީ ވެންޑިން މެޝިންގެ އިތުރުން ދިވެހިންގެ މެދުގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝާއީ ބްރޭންޑްގެ ބޮމްބޭ ޓީ އަދި މަސާލާ ޓީ، ކާޑަމަން ޓީ ފަދަ ފްލޭވާތައް ރާއްޖެ އެތެރެކޮށް މާކެޓް ކުރާ ކުންފުންޏެވެ.

ދޮންދީނާގެ ހުޅުމާލޭ އައުޓްލެޓް ހުންނަނީ ހުޅުމާލޭ ޝްވެކް ސިނަމާ ހުންނަ މަގުގައި ހުޅުމާލޭ ފޭސްޓޫއާ ވީކޮޅުގެ ފަހު ބްލޮކްގައެވެ. މި އައުޓްލެޓުން ދޮންދީނާ ކުންފުނިން ވިއްކާ ހުރިހާ ބާވަތެއްވެސް ލިބެން ހުންނާނެއެވެ.

ދޮންދީނާގެ ކުންފުނީގެ އެންމެ ފަހުގެ ޕްރޮޑަކްޓަކީ އެޓްލާންޓިސް ބްރޭންޑްގެ ވޯޓާ ޑިސްޕެންސާއެވެ. ތިން ވައްތަރެއްގެ ވޯޓާ ޑިސްޕެންސާ ދޮންދީނާއިން މިހާރު ލިބެން ހުންނާނެއެވެ. ތިން ވައްތަރުންވެސް ހުނުފެނާ ފިނިފެން އަދި ހިހޫ ފެން ލިބޭނެއެވެ. އެ ތިން ވައްތަރަކީ ބިންމަތީ ބެހެއްޓޭ ގޮތަށް ފަރުމާ ކޮށްފައިވާ މެޝިނާއި މޭޒުމަތީ ބަހައްޓާ ގޮތަށް ފަރުމާކޮށްފައިވާ ދެ މެޝިނެވެ. ބިންމަތީ ބަހައްޓާ މެޝިނުގެ ތިރީގައި މިނީ ބާއެއް ހުންނާނެއެވެ. މޭޒުމަތީ ބެހެއްޓޭ ގޮތަށް ހަދާފައިވާ އެއް މެޝިނަކީ އަތް ނުލާ ބޭނުން ކުރެވޭ ނުވަތަ "ޓަޗްލެސް" މެޝިނެކެވެ.

ދޮންދީނާ ކުންފުނީގެ އެންމެ މަގުބޫލު އެއް ޕްރޮޑަކްޓަކީ ޝާއީ ބްރޭންޑްގެ ބޮމްބޭ ޓީއެވެ. ބޮމްބޭ ޓީގެ އިތުރުން މަސާލާ ޓީ އަދި ކާޑަމަން ޓީއަކީވެސް ދިވެހިންގެ މެދުގައި ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ ބުއިންތަކެކެވެ. މި ދެ ބާވަތުގެ އިތުރުން ޖިންޖަރ ޓީ، ލެމަން ޓީ، މިލްކް އަދި ބްލެކް ކޮފީ، ކަޕަޗީނޯގެ އަދި ހޮޓް ޗޮކްލެޓް ހިމެނޭހެން 13 ފްލޭވާއެއް ދޮންދީނާއިން މާކެޓް ކުރެއެވެ.

your image ދޮންދީނާއިން މާކެޓް ކުރާ ޓަޗްލެސް ވޯޓާ ޑިސްޕެންސާ

ދޮންދީނާއިން އެތެރެކުރާ ޝާއީ ބްރޭންޑްގެ ކޮފީ ވެންޑިންގ މެޝިންވެސް ހުޅުމާލޭ އައުޓްލެޓުން ލިބޭނެއެވެ. ދޮންދީނާއިން ތިން ވައްތަރެއްގެ ވެންޑިން މެޝިން ވިއްކައެވެ. ކެފޭ ރެސްޓޯރަންޓް ހިންގާ ފަރާތްތަކުގެ މެދުގައި އެންމެ މަގުބޫލު މެޝިނަކީ ހަތަރު ބާވަތުގެ ކޮފީ ނުވަތަ ސައި އެއް ފަހަރާ ހެދޭ މެޝިނެވެ. މީގެ މެޝިނެއްގެ ކެޕޭސިޓީއަކީ އެއް ކިލޯގެ ހަތަރު ޕައުޑަރުން އެއް ފަހަރާ ހަތަރު ވައްތަރުގެ ކޮފީ ނުވަތަ ސައި ތައްޔާރު ކުރެވޭނެއެވެ. 

your imageދޮންދީނާގެ ހުޅުމާލޭ އައުޓްލެޓްުގައި ބައެއް ޕްރޮޑަކްޓްތައް

މިނިޓަކު ހަތަރު ތަށި ހެދުމުގެ ގާބިލުކަން މި މެޝިނުގެ ހުރެއެވެ. ކެފޭތަކަށް އަދި އޮފީސްތަކަށް ބޮޑަށް ހާއްސަކުރެވިފައިވާ މީގެ މެޝިނެއްގެ ބަރުދަނަކީ ވިއްސަކަށް ކިލޯއެވެ.

މީގެ މެޝިނެއް ބަހައްޓާކަށް މާ ބޮޑު ޖާގައެއް ބޭނުމެއް ނުވާނެއެވެ. ގާތްގަނޑަކަށް ދެ ފޫޓު ދެ ފޫޓް ވަރުގެ ޖާގައެއްގައި މީގެ މެޝިނެއް ބެހެއްޓޭނެއެވެ. އަދި ކަރަންޓާ ފެން ގުޅާލުމުން މެޝިނު އެހެރީ ބޭނުން ކުރަން ތައްޔާރުވެފައެވެ. ފެން ގުޅެން ނެތް ނަމަ، އާއްމުކޮށް މި ގެންގުޅޭ ފަސް ލިޓަރުގެ ފެން ފުޅިއެއްވެސް ގުޅާލެވޭހާ މި މެޝިން ފަސޭހަވާނެއެވެ.

ދޮންދީނާއިން ޝާއީ ބްރޭންޑްގެ ޕައުޑަރުގެ އިތުރުން ދެން ރާއްޖެ އެތެރެކޮށް ވިއްކަނީ އަވައްޓެރި ލަންކާގެ މަޝްހޫރު ހައިސަން ޓީއެވެ. ހައިސަން ޓީއަކީ، ސްރީ ލަންކާގެ މަޝްހޫރު ހައިސަން ޓީސް ޕްރައިވެޓް ލިމިޓެޑުގެ އުފެއްދުމެކެވެ. މިއީ ލަންކާއިން ދެހާސް ދެވަނަ އަހަރުން ފަށައިގެން އުފައްދަމުން އަންނަ ސައިފަތެކެވެ. މި ސައިފަތް ދުނިޔޭގެ ސާޅީސް ގައުމެއްގައި އެ ކުންފުނިން މާކެޓް ކުރަމުންދެއެވެ. އޭގެ ތެރޭގައި ޗައިނާއާ، އިރުމަތީ އޭޝިއާގެ ގައުމުތަކުގެ އިތުރުން ޔޫރަޕާ އެމެރިކާ އަދި މެދު އިރުމަތީގެ ގައުމުތައްވެސް ހިމެނެއެވެ.

ރާއްޖެއަށް ހައިސަން ޓީ އެތެރެކޮށް ހައިސަން ޓީ ރާއްޖޭގައި ވިއްކަނީ، އެކްސްކްލޫސިވް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރގެ ހައިސިއްޔަތުން ދޮންދީނާ ޕްރައިވެޓް ލިމިޓެޑުންނެވެ. ދޮންދީނާ ޕްރައިވެޓް ލިމިޓެޑުން ވިއްކާ ހައިސަން ޓީ، އަދި އެ ކުންފުނީގެ އެހެން ޕްރޮޑަކްޓްތަކުގެ މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. ދޮންދީނާގެ ވެބްސައިޓަކީ www.dhondheenaa.com އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް