ads
ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު..
ދީން ބޭނުންކޮށްގެން ސިޔާސީ ފިތުނަ އުފެއްދުމަކީ ހައްގު ބުނެދިނުމެއް ނޫން
އިސްލާމްދީން ބޭނުންކޮށްގެން ސިޔާސީ ފިތުނައާއި އަދާވާތްތެރިކަން އުފެއްދުމަކީ ހައްގު ބުނެދިނުމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ހުންނެވި ޑރ. ޝަހީމް މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. ޑރ. ޝަހީމްގެ ޓްވީޓުގައި ވިދާޅުވީ، އިސްލާމްދީނުގައި ހައްގަކީ ވަރަށް މަތިވެރި އެއްޗެއް ކަމަށާއި ހައްގު ބުނެދިނުމާއި ހައްގު ގާއިމުކުރުން އޮތީ އަދުލުވެރިކަމާއި އިހުސާންތެރިކަމުގެ މަތިން ކަމަށެވެ.

ހައްގު ބަޔާންކުރުމުގެ ނަމުގައި އިސްލާމްދީން ބޭނުންކޮށްގެން ސިޔާސީ ފިތުނައާއި އަދާވާތްތެރިކަން އުފެއްދުމަކީ ހައްގު ބުނެދިނުމެއް ނޫން. އިސްލާމްދީނުގައި ހައްގަކީ ވަރަށް މަތިވެރި އެއްޗެއް. ހައްގު ބުނެދިނުމާއި ހައްގު ގާއިމުކުރުން އޮތީ އަދުލުވެރިކަމާއި އިހުސާންތެރިކަމުގެ މަތިން.

ޑރ. ޝަހީމްގެ މި ޓްވީޓުއައީ ސީދާ ވަކި ފަރާތަކަށް އަމާޒުކޮށް ކަމެއް ސާފުކޮށް އެނގޭކަށް ނެތެވެ. އިސްލާމްދީނާ ހިލާފު ހިޔާލުތަކަށް އިސްލާމީ މުޖުތަމައުގައި ފުރުސަތު އޮވެގެން ނުވާނެ ކަމަށްވެސް މީގެ ދުވަސްކޮޅެއް ކުރިން ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

މެދުމިނުގެ ސިޔާސަތަކަށް ތާއީދު ކުރައްވާ ޑރ. ޝަހީމްއަކީ ޕީޕީއެމްގެ މެންބަރުންގެ މެދުގައި މަގްބޫލް އަދި ރައީސް ޔާމީންވެސް އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންނަމަވެސް ސިޔާސީ ގޮތުން ޑރ. ޝަހީމް މި ފަހުން އެހާ އެކްޓިވްއެއް ނޫނެވެ.

ވަކިމީހެއްގެ ނަން ވިދާޅުނުވެ ޑރ ޝަހީމް މިހެން ވިދާޅުވިއިރު ޑރ. އިޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވެރިކަން ޕީޕީއެމް އަށް ލިބޭނީ، މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމެރީ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކޮށްފިނަމަ ކަމަށެވެ. އަދި އެކަމަށް ޕީޕީއެމްގެ ތެރެއިންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އިޔާޒް ވަނީ ވިދާޅުވެފަ އެވެ.  

އެހެންކަމުން ބެލެވޭގޮތުގައި ޑރ ޝަހީމްގެ ޓްވިޓް އަމާޒު ކުރައްވާފައިވަނީ ޑރ އިޔާޒަށެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް