ads
އަނިޔާވެރިކޮށް މިދިޔަ އަހަރު މަރާލި ޝިއާއު
މުޅި ރާއްޖެ ސިއްސުވާލި އަނިޔާވެރި ގަތުލުގެ ޝަރީއަތް މިއަދު ފަށަނީ
މިދިޔަ އޮގަސްޓް މަހު ހިންގި މާލޭގައި ހިނގި އަނިޔާވެރި މަރުގެ މައްސަލައިގައި، ފ. ނިލަންދޫ, ފިނިފެންމާގެ އަލީ ސާހިލްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް މިއަދު ކްރިމިނަލް ކޯޓުގައި ފަށާނެއެވެ.
Advertisement

ކްރިމިނަލް ކޯޓުގެ މައްސަލަތަކުގެ މިއަދުގެ ޝެޑިއުލްގައިވާ ގޮތުން ސާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑު އެހުންތައް އޮންނާނީ ސިއްރުކޮށްގެން ކުރިއަށް ގެންދާ އަޑުއެހުންތަކެއްގެ ގޮތުގައެވެ. 

ޝަރީއަތްތައް އާއްމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދިޔުމަކީ ގާނޫނު އަސާސީންނާއި ގާނޫނުތަކުން މައްސަލައިގެ ބާވަތާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް ފަނޑިޔާރުންނަށް ލިބޭ ބާރެކެވެ. މި މައްސަލަތައް ސިއްރުން ކުރިއަށް ގެންދިޔުމަށް ދައުލަތުންވެސްވަނީ އެދިފައެވެ.

ސާހިލްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން ހަތަރު ދައުވާއެކެވެ. އިތުރު ހަތަރު ދައުވާގެ ތަފްސީލެއް ޕްރޮސިކިއުޓަ ޖެނެރަލް އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ. 

ކޯޓުގެ ޝެޑިއުލަކުންވެސް އެއީ ކޮން ބާވަތެއްގެ މައްސަލަތަކެއް ކަމެއް ނޭނގެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމާއި ކެނެބިސް ބޭނުންކުރުމުގެ ދައުވާ މީގެ ތެރޭގައި ހިމެނެއެވެ.

ހެންވޭރު ކޮޅު ގެއެއްގައި ޝިއާއު މަރާލި ފަހުން ވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކަ އެވެ. އެ މައްސަލާގައި ސާހިލް ހައްޔަރުކުރީ ވެސް ކުށުގެ ވެށިންނެވެ. އެ މައްސަލާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ. މިއަދު ޝަރީއަތް ފަށަން ތާވަލުކޮށްފައިވާއިރު މި ހުރިހާ ދުވަހުވެސް ސާހިލްހުރި ބަންދުކޮށްފައެވެ.

އަނިޔާވެރިގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 22 އަހަރުގެ ސާހިލްގެ މައްޗަށް އެކަށީގެންވާ ހެކި ހުރިނަމަ ވީ އެންމެ އަވަހަކަށް މަރުގެ ހުކުމް ތަމްފީޒްކޮށްދިނުމަށް ސާހިލްގެ މައިންބަފައިންވަނީ ސަރުކާރަށް ގޮވާލާފައެވެ.

"ސީއެންއެމް" އަށް ކުރިން ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސާހިލްގެ ބައްޕަ ފ. ނިލަންދޫ ފިނިފެންމާގެ އިބްރާހިމް ނަސީމް ބުނީ ސާހިލް އަކީ އޭނާ އެންމެ ލޯބިވާ އެއް ދަރިފުޅު ކަމަށެވެ. ނަމަވެސް ގަސްތުގައި މީހަކު މަރައިފި ނަމަ އެކަމަކަށް ދޭންޖެހޭ ހައްގު އަދަބު އިސްލާމީ ޝަރީއަތާއި އެއްގޮތަށް ދިނުމަށް އޭނާގެ ބައްޕަ އެދުނެވެ. 

ނަސީމް ބުނީ މަރުގެ މައްސަލަ އާއި ގުޅިގެން ސާހިލް ހައްޔަރު ކުރި ހިސާބުން އެ ހަބަރު ލިބުމާއެކު އެދަރިފުޅަށް ކުރި އުންމީދު މުޅިން ގެއްލި މާޔޫސްވެއްޖެ ކަމަށެވެ. އަދި މިފަދަ ހިތާމަ އެއް ލިބުމަށްވުރެ ބޮޑަށް ދެރަވީ އިންސާނެއްގެ ފުރާނަ ގަސްތުގައި އަނިޔާވެރި ގޮތަކަށް މަރާލާފައި ވުމުން ކަމަށެވެ. މަރުގެ އަބަދު ތަންފީޒް ކުރުމާއި ގުޅޭގޮތުން ނަސީމް ބުނީ މަރުގެ ހުކުމް ތަމްފީޒްކޮށްދީފިނަމަ މި ގައުމުގައި މިފަދަ ނުބައި އަމަލުތައް ކުރުން ވަގުތުން ހުއްޓުވޭނެ ކަމަށެވެ. އަދި އެއީ އިސްލާމީ ޝަރީއަތުގައިވެސް އަހަރުމެން ކަން ކުރަންވީގޮތް އަންގާފައިވާ ގޮތް ކަމަށެވެ.

ސާހިލްއަކީ 2017 ވަނަ އަހަރު ރާއްޖޭން ބޭރުގައި ބޭއްވި ސްކޭޓިން މުބާރާތަކުން އެއް ވަނަ ހޯދާފައިވާ ޒުވާނެކެވެ. ކުޅިވަރުގެ މަޝްހޫރު ސްޕޮންސަރު ރެޑްބުލްއާއެކު ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފަހުން އެ ކުންފުނިން ސާހިލްއާ ފެއަށް ޖެހިލި އެވެ.

ހ. ޝީރީންވިލާގައި މަރާލި އުމުރުން 22 އަހަރުގެ ޝިއާއުގެ ކަރުގެ އިތުރުން ހަތަރެސް ފައިވެސް ބުރިކޮށްލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލަ އާއި، އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ، އަލީ ޝާހިލް ހައްޔަރުކުރީ ހާދިސާ ހިނގި ސަރަހައްދުން ނެވެ. އޭނާ ހައްޔަރު ކުރިއިރު ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ބުންޏެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް