އިންޑިއާގެ ނޫސްތަކުން މިކަން ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހު މުމްބާއީގައި ބޭއްވި އަނަންތު އަމްބާނީ އާއި ރާދިކާ މާޗެންޓްގެ އެންގޭޖްމަންޓް ޕާޓީއަށް ދިއުމުގެ ކުރިން އޭނާގެ ފޮޓޯތައް ހިއްސާކުރުމުން އޭނާގެ ސިއްރު ލޯބިވެރިއާ އެ ފޮޓޯއަށް ކުރި ކޮމެންޓުތަކަކާ ގުޅިގެން ބައެއް ނޫސްތަކުން ކުރި ރިޕޯޓަކުންނެވެ. ހުކުރު ދުވަހުގެ ފޮޓޯތަކުގައި ޖާންވީ ފެންނަނީ ޝިމްބަރީ ފެހި ލެހެންގާއެއްލައިގެން ހުރިތަނެވެ.
ޖާންވީ އެ ޕޯސްޓް ޝެއާ ކުރުމާއެކު އޭނާގެ ސިއްރު ލޯބިވެރިޔާ ޝިކާރު ޕަހާރިޔާ ކޮމެންޓް ސެކްޝަނަށް ވަދެ ހިތުގެ ލޮލާއި ރަތް ހިތުގެ އިމޯޓިކޯންތަކުން ރިއެކްޓް ކުރި އެވެ.
ޖާންވީގެ ބައެއް ފޭނުންގެންދަނީ ދެމީހުން އެކުގައި އުޅޭނެ ދުވަހެގެ އުންމީކުރާކަމަށްބުނެފައެވެ. މި ފޯރީގައި އިންޑިއާގެ ނޫސްތަކުން ވެސް ވަނީ ޖާންވީ އޭނާގެ ސިއްރު ލޯބިވެރިއާއެކު ދިވެހިރާއްޖެއަށް ދަތުރެއް ކުރިކަން ފަޅާއަރުވާލާފައެވެ.
ނަމަވެސް އެ ދަތުރުކުރީ ކޮންއިރަކުކަމެއް ހާމައެއް ނުކުރެއެވެ. މިގޮތުން އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވަނީ "ދެމީހުން އެކުގައި އެތައް ފަހަރަކު ފެނުނު. އަދި އެމީހުން އެކުގައި ދިވެހިރާއްޖެއަށް ޗުއްޓީ ހޭދަކުރަންވެސް ދިޔަ،" ކަމަށެވެ. މި ނޫނަސް އިންޑިއާގެ ބައެއް މަޝްހޫރު ނޫސްތަކުން ވަނީ މިހަބަރު ކަށަވަރުކޮށްފައެވެ.
ޝިކާރު މަހާރާޝްތުރާގެ ކުރީގެ ޗީފް މިނިސްޓަރު ސުޝިލް ކުމާރު ޝިންޑޭގެ ކާފަދަރިއެކެވެ. އޭނާ އަކީ ވިޔަފާރިވެރިއެކެވެ. އަދި ޕޮލޯ ކުޅުންތެރިއެއްގެ އިތުރުން މުދައްރިސެކެވެ.
ޖާންވީ އަކީ ސްރީދޭވީ އަދި ބޮނީކަޕޫރުގެ ދަރިފުޅެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލެކެވެ.