އޭނާ ޗުއްޓީ ހޭދަކުރަމުން ގެންދަނީ ރެއަކަށް 1.2 ހާސް ޕައުންޑް (22،820 ރުފިޔާ) އަށް އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގަ އެވެ.
އޭނާ ރާއްޖެ އައިކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓަށް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ގިނައަދަދެއްގެ ރީތި ފޮޓޯތަކެއް ވެސް އަޕްލޯޑް ކުރަމުންނެވެ.
މެގަން އެލިޒަބަތު މެކެނާ، 30 އަކީ އިނގިރޭސި ޓީވީ ޝަހުސިއްޔަތެއް އަދި ލަވަކިޔުންތެރިއެކެވެ. 'އެކްސް އޮން ދަ ބީޗް' އިން 2015 ވަނަ އަހަރު ފެނިގެން ދިއުމަށް ފަހު، 'ސެލެބްރިޓީ ބިގް ބްރަދާސް ' އާއި 'ދަ އޮންލީ ވޭ އިޒް އެސެކްސް' އިން ވެސް އެނާ ވަނީ ފެނިގެން ގޮސްފައެވެ.
މި ޝޯތަކަށްފަހު މެކެނާ އޭނާގެ މިއުޒިކް ކެރިއަރު ފެށިއިރު، އޭނާގެ ފުރަތަމަ ސްޓޫޑިއޯ އަލްބަމް 'ސްޓޯރީ އޮފް މީ' 2018 ވަނަ އަހަރު ނެރުނެވެ. އޭނާ ވަނީ ދަ އެކްސް ފެކްޓަރ: ސެލެބްރިޓީ 2019 ވެސް ކާމިޔާބުކޮށްފައެވެ. މެކެނާ ވަނީ ބީބީސީގެ ސީރީޒް 'ސެލެބްރިޓީ މާސްޓަޝެފް' ގައި މިދިޔަ އަހަރު ވާދަކޮށްފައެވެ.