ads
ރާއްޖެއާ ލަންކާގެ މެޗެއްގެ ތެރެއިން
ފީފާއިން ލަންކާ ސަސްޕެންޑްކޮށްފި
ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން، އަވައްޓެރި ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއެފްއެސްއެލް) ސަސްޕެންޑް ކޮށްފި އެވެ.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާ ކަމަށް ބުނެ އެވެ. ފީފާ ލަންކާ ސަސްޕެންޑް މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިހާބާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފަހު އެވެ.

ފީފާއިން މިއަދު، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނަށް އަންގާފައިވަނީ ފީފާގެ މެމްބަރެއްގެ ގޮތުގައި ދެމި އޮތުމަށް، ފުރިހަމަވާން ޖެހޭ ޝަރުތުތައް މި ވަގުތު ސްރީ ލަންކާ ފެޑެރޭޝަނުގައި ހަމަވެފައި ނެތްކަން، ފީފާގެ ކައުންސިލަށް ސާބިތުވާތީއާ އެކު، މުއްދަތެއް ނެތް ގޮތަށް ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

ސަސްޕެންޝަނުގެ މި މުއްދަތުގައި ސްރީ ލަންކާގެ ގައުމީ ޓީމުތަކާއި ކްލަބްތަކަށް ފީފާ އާއި އޭއެފްސީގެ ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭނެ އެވެ. މިއާއެކު މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ލަންކާއަށް ކުޅެވޭނެތޯ މިވަނީ ސުވާލު އުފެދިފައެވެ. ސަސްޕެންޝަނާ ލަންކާ ފެޑެރޭޝަނުން ކުރިމަތިލާން ޖެހުނު އިރު އެ ގައުމުން މަސައްކަތް ކުރަމުން އައީ މި އަހަރުގެ ސާފް ޗެމްޕިއަންޝީޕް އެ ގައުމުގައި ހޯސްޓް ކުރާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް