ads
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން
ޑިގްރީއަށް ކިޔަވާ ކުދިންގެ ދަފްތަރު ހަޔަ އެޑިއުކޭޝަނުން ނުދިން: އޮޑިޓް ރިޕޯޓް
ހިލޭ ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނާއި ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންގެ ދަފްތަރު އޮޑިޓް ބޭނުމަށް ފޯރުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުންވެސް ދަފްތަރު ނުދިންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ 2021 ވަނަ އަހަރުގެ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ހިލޭ ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނާއި ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންގެ ދަފްތަރު އޮޑިޓް ބޭނުމަށް ފޯރުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުންވެސް ދަފްތަރު އޮތްކަމަށް ވިދާޅުވެ، އޮޑިޓްގެ ބޭނުމަށް ދަފްތަރު ނުދިންކަމަށް ކަމަށެވެ.

އެހެންކަމުން ނޭޝަނަލް ސްޓޫޑަންޓް ލޯނުގެ ދަށުން 2021 ޑިސެމްބަރުގެ ނިޔަލަށް ކިޔަވަމުންދާ ދަރިވަރުންނާއި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލައި ބަލަހައްޓަމުން ގޮސްފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

"މި މައުލޫމާތު ހޯދުމަށް އެކިފަހަރުމަތިން އެދުމުންވެސް، މި ރެކޯޑްތައް ހުންނާނެކަމަށް ބުނުމަށްފަހު، އެ މައުލޫމަތު އޮޑިޓަރުންނާއި ހިއްސާކޮށްފައި ނުވާކަން ފާހަގަ ކުރަމެވެ."

އެހެންކަމުން ދަރިވަރުންނަށް ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފްސީލާއި ދަރިވަރުންނަށް ވަކިވަކިން ދޫކުރަންޖެހޭ ފައިސާގެ އަދަދާއި އިތުރަށް ފައިސާއެއް ދޫކުރެވިފައިވާކަންވެސް ކަށަވަރު ނުކުރެވުނުކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އަދި އުސޫލާއި ހިލާފުވެގެން ފަންޑިން ހުއްޓާލަން ޖެހިފައިވަނީ ކިހާކުދިންނަކަށް ކަމެއް، އަނބުރާ ދަރިވަރުންގެ އަތުން ފައިސާ ހޯދަން ޖެހެނީ ކިހާކުދިންނެއްކަމެއްވެސް އޮޑިޓަށް ސާފު ނުކުރެވުނުކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް