ads
އެންމަޑި ސަލާމަތް ކުރާ މަންޒަރު
ދަލެއް އޮޅިފައި އޮތް އެންމަޑިއެއް ސަލާމަތް ކުރާ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން
ހދ. މަކުނުދޫ ކައިރިން ދަލެއް އޮޅި ވަރަށް ބޮޑަށް ޒަހަމް ވެފައި އޮތްވާ ފެނުނު އެންމަޑިއެއް ސަލާމަތް ކުރާ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

ކަނޑުގެ ސަރަހައްދުގައި އުޅޭ މަޑީގެ ބާވައްތައް ހިމާޔަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ، "މަންޓާ ޓްރަސްޓް" އިން އާއްމު ކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި، އެ މަޑި ފެނުނު އިރު، މަޑީގެ ގައިގައި ދަލެއް އޮޅިފައިވާ މަންޒަރު ފެނެ އެވެ. އެ ދާގަނޑު އޮޅިފައި އޮތުމުގެ ސަބަބުން މަޑީގެ އުރަހަ ވަރަށް ބޮޑަށް ކަނޑައިގެން ގޮސްފައިވާކަން ވީޑިއޯ އިން ފެނެ އެވެ. 

ވީޑިއޯ އިން ފެންނަ ގޮތުގައި އެ ދާގަނޑުން މަޑި ސަލާމަތް ކުރުމަށް ޑައިވަރު ފުރަތަމަ މަޑިއާއި ކައިރިވުމުން މަޑި ބިރުން ދުރަށް ދިޔަ ނަމަވެސް، ވަކި ހިސާބަކަށް ގޮސް މަޑުކުރެ އެވެ. އަދި ވަޅިއަކުން ޑައިވަރު އެ ދާ ކަނޑާލަންދެން މަޑި މަޑުން އޮވެ އެވެ. 

އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، މަޑީގެ ބޮޑުމިނުގައި ހަތް ފޫޓު ވަރު ހުންނާނެ އެވެ. އަދި މަޑީގައި އޮޅިފައި އޮތީ ކުޑަ ދަލެއް ކަމުން ބޮޑެތި ޒަހަމްތަކެއް މަޑިއަށް ވަނީ ލިބިފައި ކަމަށާއި، ދާ ގަނޑު ކުޑަކަމުން އެ ނައްޓަން ދަތިތަކާއި ކުރިމަތިވި ނަމަވެސް ދާ އެއްކޮށް ނައްޓަންދެން އެ އެންމަޑި އެ ސަރަހައްދުގައި އޮތް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. 

މި ވީޑިއޯ އަށް އެެތައް ބައެއްގެ ސަމާލުކަން ލިބިފައި ވާއިރު، އެ އެންމަޑި ސަލާމަތް ކޮށްދިން ކަމަށްޓަކައި ގިނަ ބަޔަކު އަންނަނީ އެ ޖަމިއްޔާއަށް ޝުކުރު އަދާ ކުރަމުންނެވެ. 

ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ބާއްވަތްތަކުގެ މަޑި އުޅެމުން ދާއިރު، ދަލުގައި ޖެހިފައި ހުންނަ މަޑީގެ އިތުރުން ވެލާ ރާއްޖޭގެ ބައެއް ސަރަހައްދުތަކުން ދޭތެރެ ދޭތެރެއަކުން ފެނެ އެވެ. 

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް