ads
ސުނިލް ޝެޓީ
ސުނިލް ޝެޓީއަށް ރޮވިއްޖެ
ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާ ޝެޓީ އާއި ކޭއެލް ރާހުލްގެ ކައިވެނީގެ ހަފްލާގައި ސުނިލް ޝެޓީއަށް ރޮވިއްޖެއެވެ.

އެމީހުން ކައިވެނިކުރީ ސުނިއެލް ޝެޓީގެ ފާމް ހައުސް ހަންޑަލާގައެވެ. 

ކައިވެނީގެ ހަފްލާއަށް މެހެމާނުންގެ ގޮތުގައި ދައުވަތު ދިނީ މަދު ބަޔަކަށެވެ.

މަދު ބަޔަކަށް ދައުވަތު ދީގެން ކުރިއަށް ގެންދިޔަ ކައިވެނީގެ ހަފްލާގެ ތަފްސީލާއި ގިނަ ކަންކަން ފޮރުވިފައި އޮތް ނަމަވެސް ނޫސްވެރިން ވަނީ އެ ހަފްލާގެ ހަބަރުތައް ހޯދާފައެވެ.  

your imageކޭއެލް ރާހުލް އާއި އާތިޔާ ޝެޓީ

އެ ހަފްލާގައި ސުނިލްޝެޓީ ހުރީ ވަރަށް އުފަލުންނެވެ، އޭނާއަށް އުފަލުން އެ ހަފްލާގައި އެތައް ފަހަރަކު ރޮވުނުކަމަށް ހަފްލާއަށް ދިޔަ މީހަކާ ހަވާލާދީ ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން މިރޭ ވަނީ ރިޕޯޓުކޮށްފައެވެ. 

"ސުނިއެލް އަކީ ވަރަށް އިމޯޝަނަލް މީހެއް އަދި އޯގަތެރި ބައްޕައެއް. ދަރިފުޅު އަނބިމީހާއަކަށް ވެގެން ދިޔަތަން ފެނުމަކީ ހިތްވަރު ލިބުނު ކަމެއް. އޭނާ ހުރީ ހުރިހާ ވަގުތެއްގައި ވެސް އިމޯޝަނަލްކޮށް." ބީއެލް އަށް ދިން އިންޓަވިއުއެއްގައި އެ ހަފްލާއަށް ދިޔަ މީހަކު ބުނެފައިވެއެވެ. 

އަތިޔާ ޝެޓީ ވެގެންދާނީ ބައްޕަ ސުނިއެލް ޝެޓީގެ 17 އަހަރު ވަންދެން ގެންގުޅު ފާމްހައުސްގައި ކައިވެނިކުރާ ފުރަތަމަ މީހާއަށެވެ. އެ ފާމް ހައުސްގެ އެންމެ މުހިންމު ތަނަކީ ބޮޑު ސުވިމިން ޕޫލެވެ. މުޅި ގެއަކީވެސް ވަރަޑް ބޮޑުގެއެކެވެ. ގޭތެރޭގައިވެސް އެހާ ޖާގަ އޮންނައިރު މުޅި ގޭގައި 8 ކޮޓަރި ހުރެއެވެ.

68%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް