ads
ކ. ކާށިދޫ: ރަށު ފަޅުން ބައެއް ހިއްކައިގެން ރިސޯޓު ހަދަން ބީލަމަށް ވަނީ ހުޅުވާލާފައި - ފޮޓޯ:ތިލަދުން
ރިސޯޓު ތަރައްގީކުރަން 14 ތަނެއް، ފެށޭ އަގު 3 އަދި 35 މިލިއަން ރުފިޔާ ގައި
އަތޮޅުތެރޭގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ނުވަ އަތޮޅަކުން 14 ރަށަކާއި ފަޅަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލި ރަށްތަކާއި ފަޅުތަކަކީ:

  • ހއ. އަލިދުއްފަރުފިނޮޅު (3 ހެކްޓަރު)
  • ހއ. މެދަފުށި (10.90 ހެކްޓަރު)
  • ހދ. ކުޑަފަރުފަސްގަނޑު (1.20 ހެކްޓަރު)
  • ރ. އެއްތިގިލި (ރ އަލިފުށި ފަޅުން 10 ހެކްޓަރާ އެކު، 10.90 ހެކްޓަރު)
  • ކ. ކާށިދޫ ފަޅުގެ ސަރަހައްދުން ބައެއް (10 ހެކްޓަރު)
  • މ. ބޯހުރާ (2 ހެކްޓަރު)
  • ފ. ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް - 1 (10 ހެކްޓަރު)
  • ފ. ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް - 2 (10 ހެކްޓަރު)
  • ތ. އޮޅުފުށި، އޮޅުފުށި ފިނޮޅާ އެކު (ތ. އޮޅުފުށިން ތިން ހެކްޓަރު އަދި އޮޅުފުށި ފިނޮޅުން 0.54 ހެކްޓަރު)
  • ގއ. ބޭރަމައްޑޫ (3.08 ހެކްޓަރު)
  • ގއ. ފުނަދޫވިލިގިއްލާ (ފަސް ހެކްޓަރު)
  • ގދ. ކަޅެހުއްޓާ (7.61 ހެކްޓަރު)
  • ގދ. ހާދުވާ (7.42 ހެކްޓަރު)
  • ގދ. ފެރޭތަ ވިލިނގިލި (ދެކާންބާއިން 2.39 ހެކްޓަރު، ކޮޑެރަޓާ 2.5 ހެކްޓަރު އަދި އެހެން ރަށަކުން 2.97 ހެކްޓަރު)

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ވާ ގޮތުގައި ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓް ފެށޭ އަގު އުޅެނީ ދެ ލައްކަ ޑޮލަރު (ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ) އާއި 2.3 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ) އާ ދެމެދުގައެވެ. 

  • އިކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ކ. ކާށިދޫ ފަޅާއި ފ. ނިލަންދޫ ފަޅަށް
  • އެ ދެ ފަޅުގެ ފެށޭ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2.3 މިލިއަން ޑޮަލަރު (ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ)
  • އެންމެ ކުޑަ އަގު ކަނޑައަޅާފައިވަނީ ހދ. ކުޑަފަރުފަސްގަނޑަށް، ފެށޭ އަގަކީ ދެ ލައްކަ ޑޮލަރު (ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ)

މި ރަށްތަކުގައި ރިސޯޓު ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ ހަވަނަ ދުވަހާއި މާޗުމަހުގެ ފަސްވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ވަނީ ހުޅުވާލާފައެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހާއި މާޗް މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި އީމެއިލް އެޑްރެސް އަދި ފޯން ނަންބަރު އީމެއިލް ކުރުމަށް އެދޭ ކަމުގައެވެ. ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބޭނެ ކަމަށާއި ޓޫރިޒަމް މިނިސްޓްރީއަށް ހާޒިރުވެ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ބީލަން ހުށަހެޅުމަށް އެ މިނިސްޓްރީން އެދެއެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިތަކަކީ:

  • ހއ. ހދ. ރ. އަދި ކ. އަތޮޅުގެ ރަށްތަކަށް: 28 މާޗު ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 
  • މ. ފ. އަދި ތ. އަތޮޅުގެ ރަށްތަކަށް: 29 މާޗު ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00
  • ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް: 30 މާޗު ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00

ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން ގިނަ ރަށްތަކަކީ މިދިޔަ އަހަރު ވެސް ރިސޯޓް ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ރަށްތަކެވެ. އެހެންނަމަވެސް އެ ރަށްތަކަށް ބީލަންތައް ހުށަހެޅި ފަރާތްތަކުގެ ޝަރުތުތައް ހަމަ ނުވުމާއި އަދި މާބޮޑު ތަރުހީބެއް ނުލިބުމުގެ ސަބަބުން އެ ރަށްތައް ތަރައްގީ ކުރުމަށް އަލުން ހުޅުވާލީއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ކުރީ ފަހަރު ހުޅުވާލި ރަށްތަކަށް މާ އެދެވޭ ތަރުހީބެއް ނުލިބުނު ނަމަވެސް، މި ފަހަރު ހުޅުވާލި ރަށްތަކަށް އިންވެސްޓަރުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ރަށްތަކަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މި ފަހަރު އިއުލާނު ކުރި ރަށްތަކުގެ ބީލަމާ ގުޅުންހުރި މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އަންނަ މާޗު މަހުގެ 21 ވަނަ ދުވަހުގެ 13:00 އަށް ހަމަވާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް