
އަންހެން ވޮލީ މުބާރާތުގެ ތެރެއިން
އަންހެން ގައުމީ ވޮލީ، ފައިނަލަށް އެއްކޮޅުން ކްލަބް ވޮލީބޯލް
ސްޕޯޓްސް ޓީމް
24 ޖެނުއަރީ 2023 - 13:08:50
ގައުމީ އަންހެން ވޮލީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ ކްލަބް ވޮލީބޯލް ހޯދައިފިއެވެ.
ގައުމީ އަންހެން ވޮލީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ، ކްލަބު ވޮލީ ބޯލުން ހޯދީ، އެއް ވަނަ ހޯދީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. މުބާރާތް ރާވާފައިވާ ގޮތުން ގުރޫޕް ސްޓޭޖްގައި ލީގު ބުރުން އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭނެ އެވެ.
އަންހެން ގައުމީ ފައިނަލްގެ ދެ ވަނަ ޖާގަ ހޯދަން ވާދަކުރާނީ ގުރޫޕް ސްޓޭޖުގެ ދެ ވަނަ އަދި ތިން ވަނަ ޓީމެވެ. އެއީ ކްލަބް ވެމްކޯ އާއި ކްލަބް އީގަލްސް އެވެ. އެ ދެ ޓީމު ވާދަކުރާ ސެމީ ފައިނަލް މެޗު މާދަމާ ރޭ އޮންނާނެ އެވެ.
ކްލަބް ވޮލީބޯލްވަނީ އިއްޔެ ހަވީރު ޕޮލިސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. އެއީ 25-14، 25-20 އަދި 25-11 އިންނެވެ. ރޭ ވެމްކޯ އާއި އީގަލްސް ކުޅުނު މެޗު ވެމްކޯ ކާމިޔާބު ކުރީވެސް ސީދާ ތިން ސެޓުންނެވެ. އެއީ 25-17، 25-20 އަދި 25-17 އިންނެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް