ads
ޕީޖީ ޝަމީމް
ހެއްކާބެހޭ ގާނޫނާއިއެކު ނަތީޖާ ނެރެވޭނެ: ޕީޖީ
އަލަށް އަމަލު ކުރަން ފެށުނު ހެއްކާ ބެހޭ ގާނޫނާއެކު ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަހަށް ކުރިއަށްގެންގޮސް ނަތީޖާ ނެރެވޭނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ހެއްކާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށީ މިދިޔަ ހަފްތާގައެވެ. ހެއްކާބެހޭ ގާނޫނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެ ގާނޫނަށް އަހުލުވެރިކުރުމަށް ޕީޖީ އޮފީހާ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންނަނީ ކޯޓުތަކުގެ ފަނޑިޔާރުންނާ މުވައްޒަފުންނަށް ޕްރޮގްރާމްތައް ހިންގަމުންނެވެ.

ހެއްކާބެހޭ ގާނޫނާ ގުޅޭ ގޮތުން، ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ހެއްކާގުޅޭ ގޮތުން އަމަލުކުރަންޖެހޭ ތަފުސީލީ އުސޫލުތަކެއް ހެއްކާބެހޭ ގާނޫނުގައި ކަނޑައެޅިފައިވުމުން ޝަރުއީ ނިޒާމް މިހާރު މިވަނީ މުޅީންހެން ފުރިހަމަ ވެފައިކަމަށެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޝަރުއީ ނިޒާމު އިތުރަށް ފުރިހަމަވެ، ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ޝަމީމް ވިދާޅުވިއެވެ.

"މީގެ 46 އަހަރު ކުރިން އަމަލުކުރަން ފެށި އެންމެ ހަތް މާއްދާ އެކުލެވޭ ދެ ސަފުހާގެ ގާނޫނަކަށް މިހަތަނަށް އަމަލުކުރަމުން ދިޔައީ، އެއްވެސް ބަދަލެއް ގެނެވިފައެއް ނުވޭ،"

ހެއްކާބެހޭ އާ ގާނޫނެއް އެކުލަވާލައި މިހާރު އަމަލު ކުރަން ފަށާފައިވާއިރު، މިވީހާ ތަނަށް ހެއްކާ ބެހޭ ގާނޫނެއްގެ ގޮތުގައި އަމަލު ކުރަމުން އައިސްފައިވަނީ 1970 ގެ އަހަރުތަކުގައި އެކުލަވާލާފައިވާ އެންމެ ހަ މާއްދާގެ މައްޗަށް އެކުލެވޭ ގާނޫނެކެވެ.

ހެއްކާ ބެހޭ ގާނޫނާ ގުޅިގެން ނޫސްވެރިންވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. ގާނޫނުގެ 136 ވަނަ މާއްދާގައިވާ ގޮތުން ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތަކުގައި ނޫސްވެރިންގެ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ކޯޓަށް މަޖުބޫރު ކުރެވޭނެ އެވެ. ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ނިންމައި، މަޖިލީހަށްވަނީ ހުށަހަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް