ads
ޑރ. މުހައްމަދު އިޔާޒް
ޑރ އިޔާޒަށް މަރުގެ އިންޒާރު، މައްސަލަ ފުލުހުނަށް ހުށަހަޅައިފި
ދީނީ ޢިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް އަބްދުއްލަތީފަށް މީހަކު މަރުގެއިންޒާރު ދިން މައްސަލަ ހޫނުވެ އެމައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
Advertisement

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ އިޔާޒަށް މަރުގެ އިންޒާރުދިނީ ސޯޝަލް މީޑިއާގެ ފްލެޓްފޯމް ފޭސްބުކްގައި، ހަސަން ރިޔާޒް ނަމަކަށް ކިޔާ މީހެކެވެ. އިޔާޒަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލައިދިނުމަށް އެދި ފުލުހުނަށް ހުށަހެޅީވެސް އަދާލަތު ޕާޓީންނެވެ.

"ރައީސް ސޯލިހްގެ ވެރިކަމާއި ދެކޮޅަށް ކުރާ މަސައްކަތް ފެއިލް ކޮށްލުމަކީ ވާޖިބެއް" ކަމަށ ޑރ އިޔާޒު ވިދާޅުވިކަމަށް އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރެއް ޝެއާކުރުމަށްފަހު، ރިޔާޒް ބުނެފައިވަނީ "ދިވެހިރާއްޖޭގައި ދިރިއުޅޭ މުސްލިމުންގެ ހައްގުގައި އިޔާޒް، ދަންޖައްސާ މެރުމަކީ ވާޖިބެއް" ކަމަށެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ "ޢަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފު މެރުމަށް، މީސްމީޑިއާގައި ގޮވާލާ އިންޒާރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށްއެދި ފުލުހުންގެ ހިދުމަތަށް ޢަދާލަތު ޕާޓީގެ ފަރާތުން ހުށަހަޅާފި" ކަމަށެވެ.

52%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް