ads
އޮޔާ ދަނިކޮށް ފެނުނު ފޯނު
ކަނޑުމަތިން އޮޔާ ދިޔަ ފޯނެއްގެ ވެރިފަރާތް ހޯދައިފި
މާލެ އަތޮޅު، ކަނޑުމަތިން އޮޔާދަނިކޮށް ފެނުނު ފޯނުގެ ވެރިފަރާތް ހޯދައިފި އެވެ.
Advertisement

މިމަހުގެ 20 ވަނަ ދުވަހު ދިވެހި ޒުވާނެއް ވަނީ، މާލެ އަތޮޅު ކަނޑުމަތިން އޮޔާ ދަނިކޮށް ނަގާފައިވާ ފޯނެއްގެ ވެރިފަރާތް ހޯދުމަށް ޓުވިޓާގައި ޕޯސްޓެއް ކޮށްފަ އެވެ. އެ ޒުވާނާ ބުނި ގޮތުގައި ފޯނު ފެނުނު އިރު އޮތީ ފެން ނުވަންނާނެހެން ކަވަރަކަށް ލާފައި ކަމަށާއި، އެ ފޯނު ފެނުނީ، މާލެ އަތޮޅުގެ ދެކުނުން އެއާޕޯޓާ ދިމާއަށް އޮޔާ ދަނިކޮށް ކަމަށެވެ. 

ފަތުރުވެރިކަމުގެ ސިނާއަތުގައި، އެއާޕޯޓުގައި މަސައްކަތް ކުރަމުން އަންނަ އެ ޒުވާނާ ބުނި ގޮތުގައި، އެ ފޯނު ފެނުނީ އޭނާގެ ބޭބެއަކު ސްނޯކަލް ކުރަން އުޅުމުގެ ތެރޭގަ އެވެ. އަދި ފޯނު ފުލުހުންނާއި ހަވާލުކޮށްގެން އޭގެ ވެރިފަރާތް ހޯދަން މަސައްކަތް ނުކުރީ، އެކަމުގައި ލަސްތަކެއް ދިމާވެދާނެތީ ކަމަށް ޒުވާނާ ވަނީ ބުނެފަ އެވެ. އަދި އޭނާ އަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހެއް ކަމުން ޓުވިޓާގައި އެ ޕޯސްޓު ހިއްސާ ކުރުމުން އަވަހަށް ފޯނުގެ ވެރިފަރާތް ހޯދުމަށް ފަސޭހަވާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

ފޯނު ފެނުނުތާ ފަސް ވަރަކަށް ދުވަސް ފަހުން ރޭ އެ ޒުވާނާ ވަނީ، އެ ފޯނުގެ ވެރިފަރާތުގެ ފިރިމީހާ އާއި ގުޅިފައިވާ ކަމަށް ބުނެފަ އެވެ. އަދި ފޯނު އަނބުރާ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ކުރި ޓުވީޓުގައި ވަނީ ބުނެފަ އެވެ. އަދި ދެ މީހުންގެ ދެމެދުގައި ދެކެވުނު ވާހަކައިގެ ސްކްރީން ޝޮޓެއް ޓުވީޓާގައި ވަނީ ހިއްސާ ކޮށްފަ އެވެ. 

މިކަމާއި ގުޅިގެން އެތައް ބައެއްގެ ތައުރީފް އެޒުވާނާ އަށް ލިބެމުން އަންނަ އިރު، އެ ޒުވާނާ ބުނީ، މިއީ ދިވެހިން ފަތުރުވެރިކަމުގެ ސިނާއަތުގައި ކަންކަން ކުރަމުން އަންނަ އުސޫލު ކަމަށާއި، ކޮންމެ ހިދުމަތެއް ދިނުމަށްވެސް ދިވެހިން ތައްޔާރަށް ތިބޭނެ ކަމަށެވެ. އަދި ހިދުމަތް ދިނުމުގައި ވަކި ގައުމެއްގެ ރައްޔިތަކަށް ދިވެހިން ނުބަލާނެ ކަމަށްވެސް ޒުވާނާ ވަނީ ބުނެފަ އެވެ.

އަދި ފޯނުގެ ވެރިފަރާތް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިން އެންމެނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.  

ފޯނު ފެނިގެން އެ ޒުވާނާ ޓުވިޓާގައި ހިއްސާ ކުރި ފޮޓޯ އިން ދެމަފިރިން އެކުގައި ނަގާފައިވާ ފޮޓޯ އެއް ފެންނަ އިރު، އެ ޕޯސްޓު ދިވެހިންގެ އިތުރުން ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންވެސް ވަނީ ރީޓުވީޓް ކޮށްފަ އެވެ. މި ފޯނަކީ ކޮރެއާ މީހެއްގެ ފޯނެކެވެ. 

73%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް