ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެފްއޭއެމްގެ ރައީސް ބައްސާމް
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތަރު މަސް
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތަރު މަސްވެއްޖެ ކަމަށް އެ އިދާރާގެ ބައެއް މުވައްޒަފުން ބުނެފިއެވެ.
Advertisement

އެފްއޭއެމްގެ މުވައްޒަފުންގެ މުސާރަ ނުދޭތާ ހަތަރު މަސް ވެފައިވާ ކަމަށް އެފްއޭއެމްގެ ބައެއް މުވައްޒަފުން ބުނެފައިވާއިރު، މިދިޔަ އަހަރުވެސް އެކި ފަހަރު މަތިން މުސާރަ ނުދިނުމުގެ މައްސަލަ ދިމާވިއެވެ.

އެފްއޭއެމްގެ މުވައްޒަފަކު މިއަދު ކިޔައިދިން ގޮތުގައި މިދިޔަ ހަތަރު މަހުގެ މުސާރަ އަދިވެސް ނުދޭއިރު، ދޭނެ ދުވަހެއްވެސް ނޭގެއެވެ. އެ މުވައްޒަފުން ބުނި ގޮތުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަންނަ ހަފްތާގައި މުސާރަ ލިބޭނެ ކަމަށް އެ އިދާރާއިން އަންގައެވެ. އެކަމަކު ހަތަރު މަސް ނިމިގެން ދިޔައިރުވެސް މުސާރަ ނުދޭ ކަމަށް ބައެއް މުވައްޒަފުން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން އެފްއޭއެމްގެ ބަހެއް ނުލިބެއެވެ. އެފްއޭއެމަށް އެކިކަންކަމާ ގުޅިގެން ތަކުރާރުކޮށް ސުވާލު ކުރިއަސް އެފްއޭއެމުން ބޭނުން އިރަކު ނޫނީ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއެވެ.

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ އަނެއްކާވެސް ކުރިމަތިވެފައިވާއިރު، މިދިޔަ އަހަރުގެ ރޯދަ މަހުގެ އިނާޔަތު ފައިސާ ނުދިން މައްސަލައެއްވެސް ފެންމަތިވިއެވެ. މީގެ އިތުރުން ބިދޭސީ ކޯޗުންނަށް މުސާރަ ނުދީގެން އެތައް މިލިއަން ރުފިޔާއެއް ދައްކަން ފީފާއިންވަނީ އެފްއޭއެމަށް ފީފާއިންވަނީ އަންގާފައެވެ. އަދި މީގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ ގައުމީ ޓީމަށް ދެއްވި އިނާމް ފައިސާއެއް އަހަރަކަށްވުރެ ގިނަ ދުވަސްވީއިރުވެސް ނުދޭ މައްސަލަވެސްވަނީ ފެންމަތިވެފައެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް