މި ތިން މަޝްރޫއު ފެނަކަ އާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.
ވިލިނގިލި އަލަށް އާބާދުވި ސަރަހައްދު އަދި ހިއްކި ބިމުގައި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު ފެނަކަ އާ ހަވާލުކޮށްފައިވަނީ 43.88 މިލިއަން ރުފިޔާ އަށް 480 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.
ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރެވިފައި ނުވާ ހިސާބުތަކުގައި، ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު ފެނަކަ އާ ހަވާލުކޮށްފައިވަނީ 21.52 މިލިއަން ރުފިޔާ އަށް 350 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.
ނިލަންދޫގައި މިހާރު ހުރި ވެކިއުމް ސްވަރޭޖް ސިސްޓަމް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު ފެނަކަ އާ ހަވާލުކޮށްފައިވަނީ 42.36 މިލިއަން ރުފިޔާ އަށް 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.