
މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން މިއަދު ބުނި ގޮތުގައި ލޫސިއާނާ ސްޓޭޓް ޔުނިވާސިޓީގެ ދަރިވަރެއް ކަމަށްވާ މެޑިސަން ބްރޫކްސް ރޭޕް ކުރި މައްސަލައާ ގުޅިގެން ހަތަރު މީހަކު ބުދަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.
އީސްޓް ބެޓަން ރޫޖް ޕެރިޝް ޝެރިފް އޮފީހާއި ޖަލުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ޝައްކު ކުރެވޭ ދެ މީހުންގެ ތެރެއިން ކައިވޮން ވޮޝިންޓަން،18، އާއި 17 އަހަރުގެ ފިރިހެން ކުއްޖަކު ހޯމަ ދުވަހު ވަނީ ތިން ވަނަ ދަރަޖައިގެ ރޭޕްގެ ދައުވާއެއް އުފުލާފަ އެވެ. ދެން މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ވޭ ކޭސަން ކާވާ،18، އާއި އެވަރެޓް ލީ28، އެވެ. ލީ އަކީ ވޮޝިންޓަންގެ ދޮންބައްޕަ ކަމަށް ފުލުހުން ބުނެއެވެ.
ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ވޮޝިންޓަން އާއި އެ ގުރޫޕުން އުމުރުން 17 އަހަރުގެ ބްރޫކްސް ރޭޕްކުރީ ދުއްވާފައި ދިޔަ ކާރުގެ ފަހަތުގައި ތިބެގެން ޖެނުއަރީ 15 ވަނަ ދުވަހުއެވެ.
އެ ގްރޫޕުން މި ލާއިންސާނީ އަމަލު ހިންގާފައިވަނީ އެ ދުވަހު ފަތިހު 3 ޖަހާކަންހާއިރުއެވެ. އެމީހުން ރޭޕް ކުރުމަށް ފަހު ބްރޫކް މަގުމައްޗަށް އެއްލާލުމުން ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހި ލިބުނު އަނިޔާތަކުގައި އޭނާ ވަނީ މަރުވެފައެވެ.
އޮޓޮޕްސީއަކުން ދައްކާ ގޮތުގައި ބްރޫކްސް ވަނީ އެރޭ މަސްތުވާތެކެތި ބޭނުންކޮށްފައެވެ. އަދި އެނާގެ ހަށިގަނޑުގައި އަލްކޮހޯލްގެ މިންވަރު 0.319 އަށް އަރާފައިވާއިރު، މިއީ ކާރު ދުއްވުމަށް ގާނޫނީ ގޮތުން ހުއްދަ ކުރާ މިންވަރަށް ވުރެ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެއް ކަމަށް ރިޕޯޓުގައިވެ އެވެ. އަދި "ޖިންސީ ގޯނާ އާ އަނިޔާތަކެއް" ވެސް ބްރޫކްސްގެ ހަށިގަނޑިގައި ހުރިކަން ފާހަގަކޮށްފައިވެއެވެ.
ފުލުހުން ވަނީ ބުނީ ބްރޫކްސް އާއި އޭނާ ރޭޕްކުރި އެ ގްރޫޕް ރާ ބޯން ބާއެއްގައި ތިބި މަންޒަރު ފެންނަ ވީޑިއޯއެއް ހޯދާފައެވެ. އެމީހުން އެ ކުއްޖާއާއި ގައިގޯޅިވެ ނަށާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.