ads
ސިމާއޯ ކޮސްޓާ ބައްސާމްއާއެކު
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދީ ސިމާއޯއަށް ފައިސާ ދީފި
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތަރު މަސް ދުވަސްވެފައިވަނިކޮށް، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ އަށް ދޭން ޖެހޭ ފައިސާ އެފްއޭއެމުން ދައްކައިފި އެވެ.

ސިމާއޯއަށް އެފްއޭއެމުން އެންމެ ފަހުން ފައިސާ މި ދިނީ، އޭނާ ފީފާގައި މައްސަލަ ޖެއްސުމުން ފީފާއިން ފައިސާ ދޭން އެންގުމުންނެވެ.
ގައުމީ ޓީމުގެ ހެޑްކޯޗް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ސިމާއޯ ހަމަޖެއްސީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރި ހަތް މަހުގެ މުސާރަ ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، މައްސަލަ ފީފާ އަށް ވެއްދީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ސިމާއޯއަށް 40،000 ޑޮލަރަށްވުރެ ބޮޑު އަދަދެއް އެފްއޭއެމުން ދައްކަން ޖެހުނުކަމުގެ މައުލޫމާތުވަނީ ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސިމާއޯއަށް ފީފާގެ އެންގުމާ އެއް ގޮތަށް މުސާރަ ދިނީ މި ހަފްތާ ތެރޭގައެވެ.

މައްސަލަ ގަނޑަކަށް ފަހު ސިމާއޯއަށް މުސާރަ ދީފައިވާއިރު، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ އަނެއްކާވެސްވަނީ ފެންމަތިވެފައެވެ. އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތަރު މަސްވެއްޖެއެވެ.

މާލީ ބޮޑު މައްސަލަތަކެއްގެ ތެރޭގައި އޮތް އެފްއޭއެމުން މިދިޔަ އަހަރުވެސް މުސާރައިގެ މައްސަލަ އެތައް ފަހަރަކު ޖެހުނެވެ. އަދި ކަރަންޓް ބިލް ނުދައްކައިގެން އެފްއޭއެމްގެ ކަރަންޓުވެސް ކަނޑާލިއެވެ. މިދިޔަ އަހަރުގެ ރޯދަ މަހުގެ އިނާޔަތު ފައިސާ ނުދިން މައްސަލައެއްވެސް ފެންމަތިވިއެވެ. މީގެ އިތުރުން ބިދޭސީ ކޯޗުންނަށް މުސާރަ ނުދީގެން އެތައް މިލިއަން ރުފިޔާއެއް ދައްކަން ފީފާއިންވަނީ އެފްއޭއެމަށް ފީފާއިންވަނީ އަންގާފައެވެ.

މީގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ ގައުމީ ޓީމަށް ދެއްވި އިނާމް ފައިސާއެއް އަހަރަކަށްވުރެ ގިނަ ދުވަސްވީއިރުވެސް ނުދޭ މައްސަލަވެސްވަނީ ފެންމަތިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް