ހަބަރު /

ޓިކެޓު ސިސްޓަމަށް މައްސަލަ ޖެހުމުން ބަހުގައި ހިލޭ ދަތުރުކުރެވޭ ގޮތް ހަދައިފި
މުހައްމަދު އާދަމް އަހްމަދު
01 ޖޫން 2025 - 14:43:42
މުޅި މާލެއާއި ހުޅުމާލޭން ކަރަންޓު ކެނޑުމާ ގުޅިގެން އެމްޓީސީސީގެ ބަސް އަދި ފެރީ ހިދުމަތުގެ ޓިކެޓު ސިސްޓަމަށް ވެސް ބުރޫ އަރައިފިއެވެ.
އެމްޓީސީސީން ބުނީ ކަރަންޓު ކެނޑުމުގެ ސަބަބުން ޓިކެޓު ނެގުމުގެ ހިދުމަތަށް ވެސް ބުރޫ އެރި ނަމަވެސް ބަސް އަދި ފެރީގެ ހިދުމަތް މެދުނުކެނޑޭނެ ކަމަށެވެ.
"އާންމު ދަތުރުފަތުރުގެ ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ވާހަކަ ހުރިހާ ކަސްޓަމަރުންގެ ސަމާލު ކަމަށް ދަންނަވަން، ޓިކެޓު ނެގޭނެ އިންތިޒާމު ހަމަޖެހެންދެން ބަހުގައި ހިލޭ ދަތުރުކުރެވޭނެ ވާހަކަ ދަންނަވަން،" އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓްގައިވެ އެވެ.
ވެރިރަށް މާލެއާއި ހުޅުމާލެއިން ކަރަންޓް ކަނޑައިގެން ދިޔައީ މިއަދު 12:30 އެހާއިރު އެވެ.
ސްޓެލްކޯއިން މައާފަށް އެދެމުން ބުނީ ކަރަންޓް ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ދެނެގަނެ ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެހެންނަމަވެސް ކަރަންޓް ދެވޭނެ އިރެއް ނޭނގޭކަމަށް ސްޓެލްކޯއިން ބުނެެެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް