
ދިރާގުން ބުނީ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފުކުރި ސޯޝަލް ޕެކް އެޑް-އޮން އާއެކު، މިހާރު އެންމެ 23 ރުފިޔާއަށް 23 ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ލިބޭނެ ކަމަށެވެ.
އެ ޑޭޓާ ބޭނުންކޮށްގެން ވައިބަރ، ވަޓްސްއެޕް، ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓަ، ސްނެޕްޗެޓްގެ އިތުރުން ވީޗެޓް ފަދަ ސޯޝަލް މީޑިއާ އެޕްސްތައް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
- އެކްޓިވޭޓް ކުރާ ދުވަހު 23:59 އާ ހަމައަށް ވެލިޑިޓީ ލިބޭ
- ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App މި އެޑް-އޮން ނެގޭނެ
- ނުވަތަ 343 އަށް ކީވޯޑް '2023' ޖަހާފައި އެސްއެމްއެސް ކޮށްގެންވެސް އެޑް-އޮން އެކްޓިވޭޓް ކުރެވޭނެ
- ދިރާގުގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް މި އެޑް-އޮން ނެގުމުގެ ފުރުސަތު ލިބޭނެ
ދިރާގުން ބުނީ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއް ފަރުމާކުރެވިފައިވާ ކަމަށެވެ.
ދިރާގު ކޮމްބޯ ޕްލޭންސް - ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެއް
އިތުރު މައުލޫމާތު: https://bit.ly/3x1DUmW
ސަޅި ޕްރީޕެއިޑް ޕްލޭންސް - ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހުތިޔާރުކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ މި ޕްލޭނާ އެކު، ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ
އިތުރު މައުލޫމާތު: https://bit.ly/3xpM4WP
މަމެން - ޒުވާނުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕްލޭނަކީ ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އެލަވަންސް ބޭނުން ގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭންއެއްގެ އިތުރުން މަމެން ކަސްޓަމަރުންގެ ކްރެޑިޓް އެހެން މަމެން ޔޫޒަރުންނަށް ޓްރާންސްފަ ކޮށްލެވޭނެ
އިތުރު މައުލޫމާތު: https://bit.ly/3x5w7ES
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމުގައެވެ.