ads
ދިރާގުޓީވީ: ހަތް އަަހަރު ދުވަހަށް ފަހު މި މަހުގެ 29 ވަނަ ދުވަހު ހިދުމަތް ދިނުން ހުއްޓާލާނެ - ފޮޓޯ:ދިރާގު
ދިރާގު ޓީވީއާ ގުޅޭ މައްސަލަތައް އަނބުރާ ގެންގޮއްސި
ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި މައްސަލައާ ގުޅިގެން ދިރާގުން ދައުވާ ކުރި މައްސަލަތައް އަނބުރާ ގެންގޮއްސިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވާއިދެއްގެ ދަށުން ދިރާގު ޓީވީގެ ރީ ބްރޯޑްކާސްޓިން ލައިސަންސް އާ ނުކުރަން އެ ކޮމިޝަނުން ނިންމުމާ ގުޅިގެން ދިރާގުން ސިވިލް ކޯޓަށް މައްސަލައެއް އަދި ހައިކޯޓަށް ދުސްތޫރީ މައްސަލަ އެއް ހުށަހެޅިއެވެ. އެހެންނަމަވެސް ދިރާގުންވަނީ އެ މައްސަލަތައް އަނބުރާ ގެންގޮސްފައެވެ.

ދިރާގުން އެދިގެން ސިވިލް ކޯޓުން އެ ކޯޓުގައި އޮތް މައްސަލަ މި ހަފްތާގައި ބާތިލުކުރިއިރު ދިރާގުން އެދިގެން ހައިކޯޓުގައި އޮތް މައްސަލަ ބާތިލު ކުރީ މިދިޔަ ހަފްތާގައެވެ.

ސިވިލް ދިރާގުން މައްސަލަ އަނބުރާ ގެންދިޔައިރު، އެ މައްސަލަ ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ. އެކަމަކު މައްސަލަ އަނބުރާ ގެންދިއުމާ އެކު، އެ އަމުރު ނިމުމަކަށް އަންނާނެ އެވެ. ދިރާގުން ފަހުން ވަނީ މިމަހުގެ 29 އިން ފެށިގެން ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލަން ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް