ads
މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ރައީސް ނަޝީދުގެ ޖަލްސާ ކުރުކޮށްލަން ޖެހޭ ނުރައްކަލެއް ނެތް: ފުލުހުން
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ނިންމުމުގެ ޖަލްސާ "ނުރައްކަލެއްގެ" ސަބަބުން ކުރު ކޮށްލިކަމަށް ބުނި ނަމަވެސް އެފަދަ ނުރައްކަލެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެންމެ ފުރަތަމަވެސް ވާހަކަފުޅު ދެއްކެވީ، ރައީސް ނަޝީދެވެ. ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ފޯރީގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ދިޔަ ނަމަވެސް 10 ވަރަކަށް މިނެޓު ފަހުން އެމަނިކުފާނު ވަނީ ވާހަކަފުޅު ކުރުކުރައްވާ، އެ ސަރަހައްދުން ވަޑައިގެންފަ އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވި ރައީސް ނަޝީދު އަރިސް ބޭފުޅަކު ވިދާޅުވީ، ޖަލްސާ ކުރުކޮށްލުމަށްފަހު ވަޑައިގެންނެވީ، އެމަނިކުފާނުގެ ސެކިއުރިޓީއިން ދިން އިރުޝާދުގެ ދަށުން ކަމަށެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެބޭފުޅާ ނުދެއްވަ އެވެ. 

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ނުރައްކަލެއްގެ ސަބަބުން ރައީސް ނަޝީދުގެ ޖަލްސާ ކުރުކޮށްލަން ޖެހުނުކަމަށް ބުނިނަމަވެސް އެފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި އެފަދަ ނުރައްކަލެއް އުޅޭކަމުގެ މައުލޫމަތު ލިބިފައި ނުވާކަމަށް އެމްއެންޑީއެފުންވެސް ބުނެފައިވާކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާ ކުރުކޮށްލީ ނުރައްކަލެއްގެ ސަބަބުންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ފުލުހުންގެ ބަހެއް ނެތިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

29%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް