ads
ރައީސް ނަޝީދު ރޭގެ ޖަލްސާގައި: ފޮޓޯ ކެމްޕެއިން ޓީމް
ރައީސް ނަޝީދަށް އޮތް ނުރައްކާ: އެމްއެންޑީއެފުން ވާހަކަ ދައްކައިފި
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ނިންމުމުގެ ޖަލްސާ ރޭ "ނުރައްކަލެއްގެ" ސަބަބުން ކުރު ކޮށްލިކަމަށް ބުނާ މައްސަލާގައި ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފުން ވާހަކަ ދައްކައިފިއެވެ.
Advertisement

ޖަލްސާ ކުރުކޮށްލަން ޖެހުނީ ނުރައްކަލެއްގެ ސަބަބުން ކަމަށް ބުނެ އަޑު ފެތުރުމުން ބިރުވެރިކަން އުފެދުނު ނަމަވެސް އެވަގުތު އެމްއެންޑީއެފުން އެއްވެސް އެއްޗެއް ބުނަން ބޭނުމެއް ނުވިއެވެ. މިމައްސަލާގައި އެމްއެންޑީއެފުން ވާހަކަ ދެއްކީ ރޭ ފަތިހު 5:48 ގައެވެ.

ނަމަވެސް އޭރު ފުލުހުންވަނީ އެމްއެންޑީއެފާއި ހަވާލާދީ ރައީސް ނަޝީދުގެ ޖަލްސާ ކުރުކޮށްލަން ޖެހޭވަރުގެ ތްރެޓެއް ނެތްކަމަށް ބުނެފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ (26 ޖެނުއަރީ 2023) ގައި ބޭއްވެވި ޖަލްސާގައި އެމަނިކުފާނަށް އެއްވެސް ތްރެޓެއް އަތުވެދާނެ ކަމުގެ މައުލޫމާތެއް އެމްއެންޑީއެފަށް ލިބިފައެއް ނެތެވެ."

ރޭ ފަތިހު އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނެފައި ވެއެވެ.

ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެންމެ ފުރަތަމަވެސް ވާހަކަފުޅު ދެއްކެވީ، ރައީސް ނަޝީދެވެ. ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ފޯރީގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ދިޔަ ނަމަވެސް 10 ވަރަކަށް މިނެޓު ފަހުން އެމަނިކުފާނު ވަނީ ވާހަކަފުޅު ކުރުކުރައްވާ، އެ ސަރަހައްދުން ވަޑައިގެންފަ އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވި ރައީސް ނަޝީދު އަރިސް ބޭފުޅަކު ވިދާޅުވީ، ޖަލްސާ ކުރުކޮށްލުމަށްފަހު ވަޑައިގެންނެވީ، އެމަނިކުފާނުގެ ސެކިއުރިޓީއިން ދިން އިރުޝާދުގެ ދަށުން ކަމަށެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެބޭފުޅާ ނުދެއްވަ އެވެ. 

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން އެވަގުތު ވާހަކަ ނުދެއްކި ނަމަވެސް ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ނުރައްކަލެއްގެ ސަބަބުން ރައީސް ނަޝީދުގެ ޖަލްސާ ކުރުކޮށްލަން ޖެހުނުކަމަށް ބުނިނަމަވެސް އެފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި އެފަދަ ނުރައްކަލެއް އުޅޭކަމުގެ މައުލޫމަތު ލިބިފައި ނުވާކަމަށް އެމްއެންޑީއެފުންވެސް ބުނެފައިވާކަމަށް ފުލުހުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް