ads
އަލަމްގީރު އަދި ވަކީލް މައުމޫން
އަލަމްގިރި ވީޑިއޯއާ ގުޅިގެން 200 މިލިއަން ހޯދަން ކޯޓަށް
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިގެ ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރުމުގައި އިސްކޮށް ހުރިކަމަށް ފުލުހުން ކުރިން ތުހުމަތު ކުރި ގާނޫނީ ވަކީލު މައުމޫން މޫސާ، 200 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އެއްޗެއް ނަގައިދިނުން އެދި ފުލުހުންނާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފިއެވެ.
Advertisement

އަލަމްގީރުގެ ކޮޓަރީގައި ނަގާފައިވާ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފާއިރު، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުން ދޫކޮށްލައި ފުލުހުންވަނީ މައްސަލަ ފައިލްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އަބަރުގެ ދައުވާ އުފުލާފައިވާ ގާނޫނީ ވަކީލު މައުމޫން މޫސާވަނީ އަބުރު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ފަރާތުން 238.7 މިލިއަން ރުފިޔާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މައުމޫން މި މައްސަލަ ކޯޓަށް ހުށަހަޅައި އެދިފައި ވަނީ ފުލުހުން އޭނާގެ ފޮޓޯ އާއި ވަނަވަރު އާންމުކުރުމަކީ އަބުރު ނަގައިލަން ކުރި ކަމެއް ކަމަށް ކަނޑައަޅައި ދީ، އެކަމަށް މާފަށް އެދި، އަދި މާލީ ބަދަލުގެ ގޮތުގައި 238،777،416ރ. ނަގައި ދިނުމަށެވެ. ދައުވާ ކުރީ ފުލުހުންނަށް ފޮނުވާފައިވާ އެއްވެސް ސިޓީއެއްގެ ޖަވާބު ލިބިފައި ނުވާތީ އާއި އޭނާގެ ފޮޓޯ ފުލުހުންގެ ވެބްސައިޓާއި ސޯޝަލް މީޑިއާއިން ނަގާފައިނުވާތީ ކަމަށް މައުމޫނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ކުރިން ފުލުހުން ބުނެފައިވާ ގޮތުން މައުމޫނާ އެކު މި މައްސަލައިގައި ހައްޔަރު ކުރި މީހުން ދުކޮށްލައި މައްސަލަ ފައިލް ކުރީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާގެ މަތިންނެވެ.

"ލިބިފައިވާ ހެއްކަކީ ޖިނާއީ ދައުވާއެއް ކުރެވޭވަރުގެ ބުރަދަނެއްހުރި ހެކިތަކެއް ނޫންކަމަށާއި، އެހެންކަމުން މައްސަލަ ފައިލް ކުރުމަށް ޕީޖީ އޮފީހުން ލަފާދީފައިވާތީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން 2022 ނޮވެމްބަރުތެރޭ ދޫކޮށްލައި މައްސަލަ ވަނީ ފައިލްކޮށްފައި،" ފުލުހުން އޭރު ބުންޏެވެ.

މައްސަލަ ފައިލްކޮށްފައި ވީނަމަވެސް، މި މައްސަލަ އާއި ގުޅިގެން އިތުރު މައުލޫމާތު ފުލުހުންނަށް ލިބިއްޖެނަމަ މައްސަލަ އަލުން ބެލުމުގެ ފުރުސަތު އެބައޮތްކަންވެސް ފުލުހުން އޭރު ފާހަގަކުރި އެވެ.

58%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް