ads
ހަސަން ލަތީފް
މާދަމާގެ ޕްރައިމަރީ ގަޑުބަޑު ކުރަން އެބަ ރާވާ، އެ ފުރުސަތެއް ނުދޭނަން: ހަސަން ލަތީފް
މާދަމާ ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑު ކުރުމަށް ރާވަމުންދާ ކަމަށާއި އެ ފުރުސަތު ނުދެއްވާނެ ކަމަށް ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ބުނެފި އެވެ.
Advertisement

މިއަދު ނަޝީދުގެ ކެމްޕެއިން ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ލަތީފް ވިދާޅުވީ، 

"މިއަދު މި ޕްރެސް ބާއްވަން ޖެހުނު ސަބަބަކީ އެކި ގޮތްގޮތުން ވަރަށް ބައިވަރު މައުލޫމާތު އެބަ ލިބޭ، މި އިންތިހާބާއި ގުޅިގެން މާދަމާ ނެގޭ ވޯޓުގައި ނުރަނގަޅުކޮށް ކަންކަން ކުރާނެ ކަމުގެ މައުލޫމާތު. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އިދިކޮޅު ކެންޑިޑޭޓު އަދި އެ ކެމްޕެއިން ޓީމުގައި މަސައްކަތް ކުރައްވާ ބޭފުޅުން. އެ ބޭފުޅުން އެކި އެކި ކަންކަން ކުރަން ރާވަމުންދާކަން މައުލޫމާތު އެބަ ލިބޭ،" 

ހަސަން ލަތީފް ވިދާޅުވި ގޮތުން:

  • މާލޭގެ މަރުކަޒަަކަށް ވޯޓު ލުމަށްފަހު، އެމީހަކު ނިސްބަތްވާ ދާއިރާގެ ރަށަށް ގޮސް އަލުން ވޯޓުލައި، ޑަބަލް ވޯޓިންގެ އަމަލު ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ
"އެކަން ކުރާގޮތް އަޅުގަނޑުމެން އެންމެނަށްވެސް ވަރަށް ސާފު. އެއީ މާލޭގައި ވޯޓު ލުމަށްފަހު، ލޯންޗެެއް ބޭއްވީމައި، އެ ލޯންޗަށް އަރައިގެން ގޮސްގެން ކައިރީގެ ރަށްރަށަށް ގޮސް އެރަށެއްގެ ވޯޓު ފޮއްޓަށް ވޯޓު އެޅުން. އެކަމަކު އެއީ އަޅުގަނޑުމެން ހުއްޓުވާނެ ކަމެއް. އެކަން އެހެން ކުރިއަކަ ނުދޭނަން." ހަސަން ލަތީފް ވިދާޅުވި އެވެ.

މާދަމާގެ ޕްރައިމަރީ ގަޑުބަޑު ކުރުމަށް އެފަދަ ކަންކަން ރާވާފާނެ ކަމަށް ގަބޫލުކުރެވޭ ބައިވަރު ސަބަބުތައް ހުރިކަން ފާހަގަ ކުރައްވާ ހަސަން ލަތީފް ވިދާޅުވީ، އެކަމުގެ ހެއްކަކީ ޕާޓީގެ ދަފްތަރުން 39،000 އަށް ވުރެ ގިނަ މެމްބަރުން އުނިކުރުމަށްފަހު ޕްރައިމަރީ ބާއްވަން އުޅުން ކަމަށެވެ. އަދި އެ ޕާޓީގެ ޕްރައިމަރީއަށް ޕާޓީގެ އިލެކްޝަން ކޮމިޓީ އެކުލަވާލާފައިވަނީ ވެސް ރައީސް ސޯލިހުގެ ފެކްޝަނުން ބޭނުންވާ ގޮތަށް ކަމަށް ވުން އެ ކޮމިޓީގެ މަސައްކަތާއިމެދު ވެސް ސުވާލު އުފެދޭ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

"ދަންނަވަން އޮތް ވާހަކައަކީ އިދިިކޮޅު ފަރާތްތަކުން އެކަހަލަ ސަކަރާތެއް ޖަހައި ގަޑުބަޑުކުރަން ނުވިސްނަވައްޗޭ. އެ ހަރަދު ނުކުރައްވާށޭ. ލޯންޗުތަކަށް މީހުން އަރުވައިގެން ގެންގޮސް އެހެން ފޮއްޓަކަށް ވޯޓު ލެވިދާނެ ކަމުގެ އުއްމީދުގައި އެކަން ނުކުރައްވައްޗޭ. ގަޑުބަޑު ނުކުރައްވައްޗޭ މި އިންތިހާބު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ތިބީ މޮޅުވެގެން މިހާރު ވެސް." ހަސަން ލަތީފް ވިދާޅުވި އެވެ.

ވޯޓުނުދޭނެހެން ހީވާ 39،000 އަށްވުރެ ގިނަ މެމްބަރުން އެމްޑީޕީގެ ދަފްތަރުން އުނިކުރި ކަމުގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ކުރައްވާފަ އެވެ. ނަމަވެސް، ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީ އަކީ އިންސާފުން އެއްކިބާވެފައި އޮތް ޕްރައިމެރީއެއް ކަމަށް ބުނުމުގެ ފުރުސަތު ނުދެނޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަންނަނީ ވިދާޅުވަމުން ނެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް