ads
ރިޔާސީ ޕްރައިމަރީ ކެމްޕެއިން ނިން
މަގުތައް ފުރާލި އެއްވުމަކުން، ދެ ރައީސުންގެ ޕްރައިމަރީ ކެމްޕެއިން ނިންމާވައިލައްވައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ލީޑަރު ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް އާއި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ފޯރިގަދަ ކެމްޕެއިން އިވެންޓަކަށްފަހު، ރިޔާސީ ޕްރައިމަރީ ކެމްޕެއިން މިއަދު ނިންމަވާލައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޭނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮތީ މާދަމާ އެެވެ. އެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ނިންމުމުގެ ހަރަކާތް މިއަދު މާލޭ ސަރަހައްދުގައި ވަނީ ވަރަށް ފޯރިގަދަ ކޮށް ބާއްވާފަ އެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތް ނިންމާލުމަށް، އެމަނުކުފާނު ހިމެނިވަޑައިގަންނަވާ ގޮތަށް މާލޭގައި ބޮޑު ހިނގާލުމެއް ކުރިއަށް ގެންދިޔައިރު، ރައީސް ސޯލިހްގެ ކެމްޕެއިން ނިންމަވާލެއްވުމަށް ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.

your imageނަޝީދުގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ހިނގާލުމުގެ ތެރެއިން

ކެމްޕެއިން ނިންމުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ރައީސް ނަޝީދުގެ ބޮޑު ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު، ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި އޮތް ރައީސް ސޯލިހުގެ ބައްދަލުވުމުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ރައީސް ސޯލިހަށް ތާއީދު ކުރައްވާ ފަރާތްތަކުން ބައިވެރިވެގެން ބޭއްވި ހިނގާލުންތަކެއް މިއަދު އެކި ރަށްރަށުގައި ވަނީ ކުރިއަށް ގެން ގޮސްފައެވެ.

your imageރައީސް ސޯލިހްގެ ކެމްޕެއިން ނިންމާލުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން

ރައީސް ސޯލިހްގެ ކެމްޕެއިން ނިންމާލުމަށް ހިނގާލުން ބޭއްވި ބައެއް ރަށްރަށަކީ:

  1. މ. ކޮޅުފުށި
  2. މ. ދިއްގަރު
  3. މ. ނާލާފުށި
  4. ގދ. ތިނަދޫ
  5. ގއ. ކޮލަމާފުށި
  6. ގއ. ވިލިގިލި
  7. ޅ. ކުރެންދޫ
  8. ނ. މަނަދޫ
  9. ދ. ކުޑަހުވަދޫ
  10. ތ. ގާދިއްފުށި
  11. ތ. ވިލިފުށި
  12. ކ. ކާށިދޫ

your imageގއ. ވިލިނގިލި ގައި ބޭއްވި ހަރަކާތް

ދެ ރައީސުންގެ ކެމްޕެއިން ނިންމާލާފައިވަނީވެސް ކެމްޕެއިން ނިންމާލުމަށް ކުރެއްވި ހާއްސަ ދުއާ އަކުން ނެވެ. 

ކެމްޕެއިން ނިންމާލަން ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުގެ ފަރާތުން ހުޅުމާލޭގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ، ޕްރައިމަރީ ފަހު، މާޒީ އެކަހެރިކޮށް މުޅި އެމްޑީޕީ އެކީގައި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް