ads
މިއަދު ކެމްޕެއިން ނިންމާލައްވަން ބޭއްވި ބައްދަލުވުން——
ރައީސް އެދިވަޑައިގެންނެވީ ޕްރައިމަރީއަށް ފަހު މާޒީވިތަން ބާއްވައި އެކީނިކުތުމަށް
މާދަމާ އޮންނަ ޕްރައިމަރީއަށްފަހު، މާޒީވިތަން ބާއްވައި، މުޅި އެމްޑީޕީ އެކީގައި ރިޔާސީ އިންތިހާބަށް ނިކުތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.
Advertisement

އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޭނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮތީ މާދަމާ އެެވެ. އެ ޕްރައިމަރީއަށް ރައީސް ސޯލިހް ކުރައްވަމުން ގެންދެވި ކެމްޕެއިން ނިންމަވާލެއްވުމަށް މިއަދު ހުޅުމާލޭގައި އެމަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުންނާއިއެކު ބައްދަލުވުމެއް ބޭއްވި އެވެ. 

މި ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރަކީ ވަރަށް މުހިންމު ވަގުތުކޮޅެއް ކަމަށާއި، ކޮންމެ ކެމްޕެއިން ޓީމެއްގެ އަތުގައި އޮތް ލިސްޓުގައި ވޯޓުދޭނީ ކޮން ބައެއްކަން ވަރަށް ސާފުކޮށް އޮންނާނެ ކަމަށެވެ. އަދި ކުރި ބުރަ ކެމްޕެއިން ތަކުގެ ނަތީޖާވެސް ކޮންމެ ކެމްޕެއިން ޓީމެއްގެ އަތުގައި އޮންނާނެ ކަމަށެވެ. 

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުުގަނޑުމެންގެ ވާދަވެރިންނަށް މި މަސައްކަތް ނިމުމާއިއެކު މާޒީ އެކަހެރިކޮށް، ވޭތުވެދިޔަތަން ބާއްވާފައި އަޅުގަނޑުމެން އެކީގައި މަސައްކަތް ކުރަން ނިކުތުން. އަޅުގަނޑުމެންނާއި ބައިވެރިވެ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުުރުމަށް މަސައްކަތް ފަށައިގަތުން،" ރައީސް ވިދާޅުވި އެވެ.

އެކަން އެގޮތަށް ކުރެވި މުޅި އެމްޑީޕީ އެކީގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ނިކުމެއްޖެނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޮޑުތަނުން އެމްޑީޕީއަށް ކާމިޔާބު ކުރުމަކީ ފަސޭހަ ކަމަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ޕްރައިމަރީގައި ނިކުންނަ ނަތީޖާއަކަށް ބަލައި ކާމިޔާބު ނުލިބުނު ކަމަށް ވިޔަސް އެމްޑީޕީ އާއި އެކީގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މީގެ ކުރިންވެސް ރައީސް ސޯލިހް ވަނީ ދެއްވާފަ އެވެ. ނަމަވެސް އިދިކޮޅު ކެންޑިޑޭޓު ނަޝީދު ވިދާޅުވަނީ ރައީސް ސޯލިހުގެ ފަހަތަށް އަރަންޖެހޭނެ ހާލަތެއް ނާންނާނެ ކަމަށާއި، އެމްޑީޕީވެސް ދެން ރައީސް ސޯލިހްގެ ފަހަތަށް ނާރާނެ ކަމަށެވެ.  

ނަޝީދު ވިދާޅުވީ، ދަފްތަރުން ވަކިކުރި 39،000 މީހުންނަކީ އެމަނިކުފާނަށް ތާއީދު ކުރައްވާ މީހުން ކަމަށާއި، ޓިކެޓު ނުލިބިގެން ރައީސް ސޯލިހުގެ ފަހަތަށް އަރާ، ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން އަންނާށޭ ބުނެ އެމީހުން ކައިރިއަށް ދާނެ ގޮތެއް ނޭނގޭ ކަމަށެވެ. އަދި، މިހާރުވެސް ކެމްޕެއިން ދަތުރުތަކުގައި ރަށްރަށަށް ދިއުމުންވެސް ރައީސް ސޯލިހަށް ވޯޓު ދޭށޭ ކިޔާފައި ނާންނަން އެދޭ ކަމަށެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް