ads
ފުލުހުން މީހެއްގެ އަތުގައި ބިޑި އަޅުވާފައި
އިންޓަޕޯލް މެދުވެރިކޮށް ގެނައި މީހާ އަނެއްކާވެސް ބަންދަށް
އިންޓަޕޯލް މެދުވެރިކޮށް ގެނައި މީހާގެ ބަންދު މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މީހެއްގެ ލާރި ދަބަހެއް ހިފައިގެން ފިލައިގެން ތައިލެންޑުގައި އުޅެނިކޮށް އިންޓަޕޯލް މެދުވެރިކޮށް ގެނައީ ދ. މީދޫ، ބިއްލޫރިވިލާ މުހައްމަދު އިހްސާން ކިޔާ މީހެކެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރު 15 ދުވަހަށް މިއަދު ޖެހިއިރު، އޭނާ މިހާތަނަށްވެސް ހުރީ ބަންދުކޮށްފައެވެ.

ގިނަ އަދަދެއްގެ ފައިސާ ހުރި ދަބަހެއް ހިފައިގެން ފިލައިގެން ރާއްޖޭން ބޭރުގައި އުޅެނިކޮށް ގެނައީ ދ. މީދޫ، ބިއްލޫރިވިލާ މުހައްމަދު އިހްސާންގެ މައްޗަށް ފުލުހުން ކުރަނީ ހިޔާނާތާއި މަކަރާއި ހީލަތް ހެދުމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ އަތަށް މީހަކު ދިން ގިނަ އަދަދެއްގެ ފައިސާ އަޅާފައިހުރި ދަބަހެއް ހިފައިގެން މީނާ ފިލައެވެ. އަދި ހާދިސާގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ފުރައިގެން ތައިލެންޑަށް ދިޔަ ކަމަށް ކްރިމިނަލް ކޯޓުގެ ރިޕޯޓުން އެނގެއެވެ.

އޭނާ ތައިލެންޑަށް ފިލައިގެން ދިޔުމުން އޭނާ ގެނެސްފައިވަނީ އިންޓަޕޯލް މެދުވެރިކޮށް ކަމަށް ކްރިމިނަލް ކޯޓުގެ ރިޕޯޓުން އެނގެއެވެ. އޭނާގެ ބަންދު މުއްދަތު އަނެއްކާވެސް ޖަހާފައިވަނީ މި ހާދިސާގައި ހިމެނޭ ފައިސާއަކީ ގިނަ އަދަދެއްގެ ފައިސާ ކަމުން، އޭނާ އެ ފައިސާ ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ފިލައިގެން އުޅެފާނެތީއެވެ. މި މައްސަލައިގައި ހިމެނެނީ ކިހާ ފައިސާއެއް ކަމެއް ސާފެއް ނޫނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް