ads
ކުޑަގިރި: މި ފެށޭ މަހުގެ 10 ވަނަ ދުވަހު އާންމުންނަށް ހުޅުވާލުމަށް ވަނީ ތައްޔާރުވެފައި - ފޮޓޯ:އެޗްޑީސީ
މި ފެށޭ މަހުގެ 10 ވަނަ ދުވަހު ކުޑަގިރި ހުޅުވަނީ
މި ފެށޭ މަހުގެ 10 ވަނަ ދުވަހު ކުޑަގިރި ހުޅުވާލުމަށް ތައްޔާރުވެފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވެއްޖެއެވެ.
Advertisement

ހިޔާގެ ޓަވަރު 16 ގައި ޖެނެރަލް ޕްރެކްޓިސް ކްލިނިކެއް ހުޅުވައިދެއްވުމަށްފަހު، ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެފައިވަނީ 'ތްރީ ސްޓާ' ފެންވަރަށް ތަރައްގީ ކުރަމުންދާ ކުޑަގިރި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ހުޅުވާލުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

"ތްރީ ސްޓާ ފެންވަރަށް މި ޕިކްނިކް އައިލެންޑް ތަރައްގީ ކުރަނީ. ބޭނުންވާ ހުރިހާ ވަސީލަތެއް ހުންނާނެ. 10 ފެބްރުއަރީ ގައި ހިދުމަތަށް ހުޅުވާލުމަށް ވަނީ ތައްޔާރުވެފައި. އެއްފަހަރާ 500-600 އާ ދެމެދުގެ މީހުންނަށް ހިދުމަތް ދެވޭނެ،" - ނައިބު ރައީސް

ނައިބު ރައީސްގެ ވާހަކަފުޅު ގައި ކުޑަގިރި ތަރައްގީ ކުރުމުގެ މަޝްރޫއުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވިދާޅުވެފައިވަނީ މުޖުތަމައުގައި ނަފްސާނީ މައްސަލަތައް އިތުރުވާ އެންމެ ބޮޑު އެއް ސަބަބަކީ ދިރިއުޅުމުގެ ވައްޓަފާޅި އާއި ދިރިއުޅެން ޖެހިފައިވާ ދަތި ހާލަތު ކަމަށެވެެ. އެހެންކަމުން ކުޑަގިރި ތަރައްގީ ކުރުމަކީ އާއިލާ އާއި ރައްޓެހިންނާ އެކު ގުޅުންތައް ބަދަހިކޮށް، އުފާވެރިކަމާއި ހިތްހަމަޖެހުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ކުޑަގިރި ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރައީސް ސޯލިހުގެ ވައުދުތަކުގެ ތެރެއިން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖުތިމާއީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ވީ ވައުދު ފުއްދުމަށް މާލެ ސަރަހައްދުން ދަތުރު ދާނެ ރަށެއް ކަނޑައެޅުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފެށުނު މަޝްރޫއެކެވެ.

ސަރުކާރާއި އެޗްޑީސީ ގުޅިގެން ކުޑަގިރި ހުޅުވުމުގެ މަސައްކަތްތައް ކުރިޔަށް ދާއިރު، ރަށުގެ ހުރިހާ މަސައްކަތްތަކެއް ނިމި ރަށް އާންމުންނަށް ހުޅުވާލެވޭ ވަރަށް ތައްޔާރުވާން ފަށާފައިވާ ކަމަށް ނިމިދިޔަ ހަފުތާގައި އެޗްޑީސީން ވަނީ ބުނެފައެވެ.

މާލެ އާ މާ ދުރު ނޫން ހިސާބެއްގައި އޮތް ކުޑަގިރި ފަޅުން އަށް ހެކްޓަރު ބިން ހިއްކައިގެން ތަރައްގީ ކުރެވުނު މި ރަށަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތަކާއި ހިދުމަތްތައް ލިބޭނޭހެން ރަށް ވަނީ ތައްޔާރުކޮށްފައެވެ. އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުން ފެށިގެން އިތުރު އެހެން ވަސީލަތްތަކާ އެކު، ކުޑަގިރި ވާނީ މީގެ ކުރިން ދަތުރު ދިޔަ ރަށްތަކާ ތަފާތު ރަށަކަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް