ads
ވޯޓުލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ވޯޓުލުން ހުއްޓުވައި، މައްސަލަ ހައްލުކުރަން މަސައްކަތް ކުރަނީ
ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލި ކަމަށް ބުނެ ވިލިނގިލީ ދާއިރާގެ ވޯޓުލުން ހުއްޓުވައިފި
ލިސްޓުގައި ނަން ނެތް މީހަކު ގއ. ވިލިނގިލީ މާލޭ ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލި ކަމަށް ބުނެ އެ ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލުން ހުއްޓުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އީވާ އިސްވެ ހުންނަވާ، އެ ވޯޓު ފޮށީގެ ވޯޓުލުން ހުއްޓުވާ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުން އެ ވޯޓު ފޮޓަށް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލިތޯ އީވާ ސުވާލުކުރާތަން ފެނެ އެވެ.

އެކަން އެގޮތަށް ހިނގާފައިވާ ކަމަށް ބުނުމުން، އެ މައްސަލަ ހައްލުކުރުމުން ނޫނީ ވޯޓު ފޮއްޓަށް "އެއްވެސް ވޯޓެއް އިތުރަށް ނޭޅޭނެ" ކަމަށް ވިދާޅުވާ މަންޒަރު ފެނެ އެވެ. 

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވި އެމަނިކުފާނުގެ ކޮއްކޯފުޅު އީވާ މިގޮތަށް ވިދާޅުވެ ވޯޓުލުން ހުއްޓުވުމާއިއެކު، މިހާރު އެމައްސަަލަ ހައްލުކުރުމަށް އެ ވޯޓު ފޮޮއްޓަށް ވޯޓުލުން އޮތީ މެދުކަނޑާލާފަ އެވެ. 

މިހާރު މައުލޫމާތު ލިބޭގޮތުގައި މި ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މަންދޫބުން މިހާރު  އެމްޑީޕީ އޮފީހާއި ވާހަކަދައްކައިގެން މައްސަލަ ވަނީ ހައްލުކޮށްފައެވެ. އަދި ވޯޓުލުން ވަނީ ފެށިފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް