ads
ހޯޑެއްދޫގައި ވޯޓުލުން ކުރިއަށް ނުގެންގޮސް މިވަގުތަށް ވަނީ ހުއްޓުވާފައި
ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލި ކަމަށް ބުނެ ހޯނޑެއްދޫގައި ވެސް ވޯޓުލުން ހުއްޓުވައިފި
ލިސްޓުގައި ނަން ނެތް މީހަކު ގދ. ހޯނޑެއްދޫގައި ވޯޓުލީ ކަމަށް ބުނެ، އެ ދާއިރާގެ ވޯޓުލުން ވެސް މެދުކަނޑާލައިފިި އެވެ.

އެމައްސަލަ ފެންމަތިވެގެން ވޯޓުލުން ހުއްޓުވާފައިވަނީ 09:30 ހާއިރު އެވެ. އެރަށުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުގައި ހިމެނޭ މަންދޫބެއް "ސީއެންްއެމް" އަށް މީގެ ކުޑައިރުކޮޅެއް ކުރިން މައުލޫމާތު ދިން ގޮތުގައި އަދިވެސް އެމައްސަލަ ހައްލުކުރެވިފައެއް ނުވެ އެވެ. 

"އެތަނުގައި އޭރު ތިބި މަންދޫބުން ބަދަލުކުރުމަށްފަހު އަލުން ވޯޓުލާން ފަށަން މަސައްކަތް ކުރަމުންދަނީ. އެކަމަކު ކުރީން ލީ ވޯޓުތައް ބާތިލުކުރުމަށްފަހު އަލުން ވޯޓުލާން ނޫންގޮތަކަށް އަޅުގަނޑުމެން ވޯޓުލާން ފެށުމުގެ ފުރުސަތެއް ނުދޭނަން،" މަންދޫބަކު ވިދާޅުވި އެވެ. 

your imageހޯޑެއްދޫގައި ވޯޓުލުން ކުރިއަށް ނުގެންގޮސް މިވަގުތަށް ވަނީ ހުއްޓުވާފައި

އަދިވެސް އެ ވޯޓު ފޮށީގެ ވޯޓުލުން ފެށިފައިނުވާއިރު، ލިސްޓުގައި ނަން ނެތް މީހުން އެކި ދާއިރާތަކުގެ ވޯޓު ފޮށިތަަކަށް ވޯޓުލާ ކަމުގެ ކަންބޮޑުވުންތަކާއިއެކު ހިތްހަމަ ނުޖެހުންތައް ދަނީ ފާޅުކުރަމުން ނެވެ. 

އެގޮތުން ލިސްޓުގައި ނަން ނެތް މީހަކު ގއ. ވިލިނގިލީ މާލޭ ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލި ކަމަށް ބުނެ އެ ދާއިރާގެ ވޯޓުލުން ވެސް ހުއްޓުވި އެވެ. އެކަަމަކު އެ މައްސަލަ ހައްލުކޮށް މިހާރު އެފޮށީގެ ވޯޓުލުން ވަނީ ފަށާފަ އެވެ. 

މާފަންނު ދެކުނު ދާއިރާގެ ވޯޓުލުން ވެސް އެ ސަބަބާއި ހެދި ވަނީ މެދުކެނޑިފައެވެ. އަދި މި ސަބަބާއި ހުރެ ހިރިޔާ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓުލާން ދިޔަ މީހުންގެ މެދުގައި ވެސް ހަމަނުޖެހުންތަކެއް ހިނގާފައި ވެއެވެ.

"އެތަނުގައި އޭރު ތިބި މަންދޫބުން ބަދަލުކުރުމަށްފަހު އަލުން ވޯޓުލާން ފަށަން މަސައްކަތް ކުރަމުންދަނީ. އެކަމަކު ކުރީން ލީ ވޯޓުތައް ބާތިލުކުރުމަށްފަހު އަލުން ވޯޓުލާން ނޫންގޮތަކަށް އަޅުގަނޑުމެން ވޯޓުލާން ފެށުމުގެ ފުރުސަތެއް ނުދޭނަން،" މަންދޫބަކު ވިދާޅުވި އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް