މައުލޫމާތު ލިބޭގޮތުގައި، އެތަނުގައި ހުރި ގޮޑިތަކާއި މޭޒުތަކަށްވެސް ގެއްލުންދީ ވޯޓުލާން ބަހައްޓާފައިވާ ވޯޓު ފޮށިވެސް ވަނީ ހަލާކުކޮށްލާފަ އެވެ. ބައެއް ވޯޓު ކަރުދާސްތައް ބިންމަތީގައި އޮތްއިރު، ވޯޓާސް ލިސްޓުވެސް ވީދާލާފައިވާ ކަމަށް ވެއެވެ.
އެ މަރުކަޒުގައި ހަމަނުޖެހުން ބޮޑުވީ، ވޯޓް ލާން ވަންނައިރު ވޯޓް ކަރުދާހުން ފޮޓޯ ނެގުމަށް ބޮޑީ ކެމެރާއެއް ވައްދާތީ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް މިކަމާއި ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންދޫބެެއްގެ ބަހެއް އަދި ނުލިބެ އެވެ.
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުން އެހަމަނުޖެހުން ހައްލުކުރުމަށް ފުލުހަކު އެތަނުގައި ހަރަކާތްތެރިވަމުންދިޔަ އެވެ. އެކަމަކު އެތަނަށް އެއްވެފައިވާ މީހުން ކޮންޓްރޯލް ކުރެވޭ ވަރަށް އެތަނުގައި ފުލުހުން ނެތެވެ.