ads
ރައީސް ސޯލިހު، ރައީސް ނަޝީދު އަދި ފައްޔާޒް އިސްމާއިލް---ފޮޓޯ:އަދަދު
ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ މިހާތަނަށް އިއުލާނުކޮށްފައިވާ ނަތީޖާ ގަބޫލުނުކުރައްވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވީ މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެއްޖެއްގައެވެ.

މިހާރު ނަތީޖާ ލިބިފައިވާ ގިނަ ފޮށިތކުން ކުރީގައި އުޅުއްވަނީ އެމަނިކުފާނުކަމަށާއި އެހެންކަމުން ކެމްޕެއިން ޓީމްތަކުން ނަތީޖާތައް ޗެކްކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ލިބިފައިވާ ނަތީޖާތަކުން ރައީސް ސޯލިހް ކުރީގައި އުޅުއްވަނީ މަދު ފޮއްޓަކުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު މިއަދު ވޯޓްލުމަށް ބެހެއްޓި 243 ވޯޓު ފޮށީގެ ތެރެއިން 225 ފޮށީގެ ނަތީޖާ މިހާތަނަށް ވަނީ ލިބިފައެވެ. މިހާތަނަށް ލިބުނު ނަތީޖާއިން 22000 އަށް ވުރެ ގިނަވޯޓާއި އެކު ރައީސް ސޯލިހް އުޅުއްވަނީ 62 އިންސައްތައިން ކުރީގައެވެ. 

މިހާތަނަށް ނުގުނި އެންމެ 18 ވޯޓު ފޮށި ހުރި އިރު، ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 14000 އެއްހާ ވޯޓާއިއެކު 38 އިންސައްތައެވެ.

42%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
24%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް