ads
ހަތްވަނަ ފްލޯއިން ވެެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދަން ޕިކަޕަކަށް ލަނީ——ފޮޓޯ: ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އިމާރާތެއްގެ ހަތް ވަނަ ފްލޯ އިން މީހަކު ވެއްޓިގެން ފަރުވާދެނީ
މައްޗަންގޯޅި ގެއެއްގެ ހަތްވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީއަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ”ސީއެންއެމް“ އަށް މައުލޫމާތު ދެމުން މިރޭ ބުނީ، ހަތްވަނަ ފަންގިފިލާއިން އޭނާ ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 16:39 ހާއިރު ކަމަށެވެ.  

އޭނާ ވެއްޓުނީ މައްޗަންގޯޅި ގެއެއްގެ ހަތްވަނަ ފަންގިފިލާގައި އޭސީ އެއް ހަރުކުރަން އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ. 

ބަގްލަދޭޝްގެ އެ ބިދޭސީ މީހާއަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ މުވައްޒަފެކެެވެ. ދައުރުވެފައިވާ ފޮޓޯތަކުން އެހެން މަސައްކަތްތެރިންތަކެއްގެ އިތުރުން ސިފައިންނާއި އާންމުންގެ އެހީތެރިކަމާއިއެކު އޭނާ ޕިކަޕަކަށް ލާން މަސައްކަތްކުރާތަން ފެނެ އެވެ. 

އޭނާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދާއިރު ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ލިބޭގޮތެއް ނުވެ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް