އޮސްޓްރޭލިއަން އޯޕަން އަންހެން ޗެމްޕިއަންކަން ސަބަލެންކާއަށް
ސްޕޯޓްސް ޓީމް
29 ޖެނުއަރީ 2023 - 08:38:30
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ޗެމްޕިއަންކަން ބެލަރޫސްގެ އަރީނާ ސަބަލެންކާ ހޯދައިފިއެވެ.
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ސަބަލެންކާ ހޯދީ، ފައިނަލުގައި ކަޒަކްސްތާންގެ އެލީނާ ރިބަކީނާ އަތުން މޮޅުވެގެންނެވެ. މިއީ އުމުރުން 24 އަހަރުގެ ސަބަލެންކާ، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ތަށި ހޯދި ރިބަކީނާ އަތުން، ސަބަލެންކާ މޮޅުވީ ފުރަތަމަ ސެޓު ގެއްލިފައި އޮއްވައި، ފަހަތުން އަރައި 4-6، 6-3، 6-4 އިން މެޗު ކާމިޔާބުކޮށްގެނެވެ. އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަމާއެކު މސަބަލެންކާ ދުނިޔޭގެ ރޭންކިންގެ ދެ ވަނަ އަށް ކުރިއަށް އަރާނެއެވެ.
ރޭންކިން އެއް ވަނައިގައި އޮތީ ޕޮލެންޑްގެ އީގާ ސްވިއަޓެކްއެވެ. އެއްވަނައިގަ އޮތް ނަމަވެސް އޭނާވަނީ ވަ އޮސްޓްރޭލިއަން އޯޕަންގެ ގަދަ 16 ބުރުން ކަޓައިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް