ads
ކ. ތުލުސްދޫ އަކީ ފަތުރުވެރިންގެ މަގުބޫލު މަންޒިލެއް
ގައި މައްޗަށް ޑިންގީއެއް އަރައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު މަރު ވެއްޖެ
ގައި މައްޗަށް ޑިންގީއެއް އަރައި ސްނޯކްލިންއަށް ގޮސް އުޅުނު ފިރިހެން ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

މިކަން ފުލުހުން "ސީއެންއެމް" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. މައުލޫމާތު ލިބޭގޮތުން އޭނާގެ ގައިމަތިން ޑިންގީ ދިއުމުގެ ސަބަބުން، ފަތުރުވެރިޔާގެ އަތް ވަނީ ބުރިވެފަ އެވެ. އެ އަތް އަދި ނުފެނެ އެވެ.

މި ހާދިސާގައި އޭނާގެ ފަޔާއި ބަނޑުވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށް ވެއެވެ. ބަނޑު ކަފައިގެން ދިއުމުގެ ސަބަބުން ގޮހޮރުވެސް ވަނީ ނިކުމެފަ އެވެ. 

ފުލުހުން ބުނިގޮތުން މި ހާދިސާ ހިނގާފައިިވަނީ ކ. ތުުލުސްދޫ ކައިރިން އެ ފަތުރުވެރިޔާ ސްނޯކްލިިންއަށް ގޮސް އުޅެނިކޮށެވެ. އަދިި އެ ހާދިސާ ހިނގީ އެ ސަރަހައްދުން ދަތުރުކުރި ޑިންގީއެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. 

މިއަދު 11:10 ހާއިރު ހިނގި އެ ހާދިސާގައި ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރުވެސް، އޮތީ މަރުވެފައި ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ. މި ހާދިސާގައި މަރުވެފައިވަނީ، ޕޮލެންޑުގެ އުމުރުން 52 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ. 

ޑިންގީއެއް ގައިމައްޗަށް އަރައި ފަތުރުވެރިއަކު މަރުވެފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަސްތެރޭގައިވެސް ވަނީ ހުޅުމާލެއަށް ވަންނަ ނެރާ ދިމާ ފަޅުތެރެއިން ލޯންޗަކާއި ޑިންގީއެެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެކެއްގެ ގައިމައްޗަށް ލޯންޗު އެރުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމުވެފަ އެވެ. އެ ހާދިސާގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބުނެވެ.

19%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް