ads
އެމްޑީޕީ ޕްރައިމަރީ ތެރެއިން——
އެމްޑީޕީގެ ޕްރައިމަރީގައި މަންދޫބެއްގެ ގޮތުގައި ޕީޕީއެމް ދެ މެމްބަރަކު ބައިވެރިވި
އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެންޑިޑޭޓެއްގެ މަންދޫބެއްގެ ގޮތުގައި ޕީޕީއެމްގެ ދެ މެމްބަރަކު ބައިވެރިވި ކަމަށް އެ ޕާޓީގެ އިންތިހާބީ ކޮމިޓީން ބުނެފި އެވެ.
Advertisement

ޕްރައިމީ އިންތިޒާމް ކުރުމަށް ކަނޑައެޅި ފަސް މެމްބަރުން ހިމެނޭ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރުރު، އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، އިއްޔެގެ ޕްރައިމަރީގައި ވަގު ވޯޓު އެޅުމާއި، ޑަބަލް ވޯޓިންފަދަ ކަމެއް ހިނގާފައިވާ ކަމަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. 

އެކަމަކު، ކެންޑިޑޭޓުންނަށް ދީފައިވާ ބައެއް ހައްގުތައް ނަހަމަގޮތުގައި ބޭނުންކުރުމަށް މަސައްކަތްކުރިކަން ޕްރައިމަރީ ތެރެއިން ފާހަގަކުރެވުނު ކަން ފާހަގަކުރައްވާ އިބުރޭ ވިދާޅުވީ، ކެންޑިޑޭޓުންގެ މަންދޫބުންނަށް ހާއްސަކޮށް ދޫކޮށްފައިވާ ފާސްތައްވެސް ނަހަމަގޮތުގައި ބޭނުންކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. 

މިފަހަރުގެ ޕްރައިމަރީގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ދޫކުރާ ފާސް ކެންޑިޑޭޓުންނަށް ދޫކުރީ، މަންދޫބުންގެ ނަން ނުޖަހާ، ހަމައެކަނި ތަމްސީލުކުރާ ކެންޑިޑޭޓެއްގެ ނަން ޖަހާފައި ކަމަށް އިބުރޭ ވިދާޅުވި އެވެ. އެކަން އެގޮތަށް ކުރީ ކެންޑިޑޭޓުންނަށް ފަސޭހަކޮށްދިނުމަށް ނަމަވެސް އެ ލުއިތަކުގެ ބޭނުންވެސް ނަހަމަގޮތުގައި ހިފާފައިވާ ކަމަށް އިބުރޭ ވިދާޅުވި އެވެ.

"ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް އިތުބާރެއް ކޮށްފައި ކެންޑިޑޭޓުންނަށް ފަސޭހައަކަށް މަންދޫބުންގެ ފާސް އަޅުގަނޑުމެން ދިނީ މަންދޫބުންގެ ނަން ނުޖަހާ ހަމައެކަނި ކެންޑިޑޭޓުންގެ ނަން ޖަހާފައި. މަންދޫބުންނަށް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހިމެނޭ ކޮންމެ މީހަކުވެސް ހަމަޖެއްސިދާނެއޭ ތިބޭފުޅުން ބޭނުންފުޅުވާ ބޭފުޅުންނަށް ފާސް ދޫކުރައްވާށޭ ކިޔާފައި،" އިބުރޭ ވިދާޅުވި އެވެ.

މީގެއިތުރުން މަޝްހޫރު ލޯޔަރު ނިޝާން ބައެއް މަރުކަޒުތަކުގައި މަންދޫބުންނަށް އިރުޝާދު ދެއްވަމުންދިޔަކަން ފާހަގަކުރެވުނުކަމަށް ވެސް އިބުރޭ ވިިދާޅުވި އެވެ. ނިޝާންއަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް ނޫންކަމަށްވެސް އިބުރޭ ވިދާޅުވި އެވެ. 

" [މަންދޫބުންގެ ފާސް] މިދެންނެވި ގޮތަށް ށ. ފީވަކުގައިވެސް ޕީޕީއެމްގެ ދެ މެމްބަރަކު ހިފައިގެންގޮސް އިނީ ތިމަންނަމެންނަކީ ކެންޑިޑޭޓުންގެ މަންދޫބުންނޭ ކިޔާފައި. އެހެންވީމައި އެހުރީ އެބޭފުޅުންނަށް ދިން ލުއިތައް އެބިއުސްކޮށްފައި،" އިބްރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާކަންވެސް ފުރުއްވަމުން ގެންދަވާ އިބުރޭ އިތުރަށް ވިދާޅުވީ، ދެން އަންނަ އެ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ނުވަތަ ޕްރައިމަރީއެއްގައި އެކަމަށް ހާއްސަ ސަމާލުކަމެއްދީ އެކަން އެހެން ނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަން މިހާރު ނިންމަވާފައިވާ ކަމަށެވެ. 

ޕްރައިމަރީއާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އިއްޔެ ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ، 61 އިންސައްތައިގެ ކުރިއެރުމަކާއިއެކު ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.  

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް