އަންނަ އަހަރު އޮލިމްޕިކް ގޭމްސް އޮންނާނީ ޕެރިހުގައި
ރަޝިޔާ ބައިވެރިވާނަމަ ޔުކްރެއިނުން އޮލިމްޕިކްސް ބޮއިކަޓް
Share
އަންނަ އަހަރު ޕެރިހުގައި އޮންނަ އޮލިމްޕިކް ގޭމްސްއިން ރަޝިޔާއަށް ފުރުސަތު ދޭނަމަ، ގޭމްސް ބޮއިކަޓް ކުރާނެ ކަމުގެ އިންޒާރު ޔުކްރޭނުން ދީފިއެވެ.
Advertisement

ޔުކްރޭނުގައި ރަޝިޔާ އިން ހަނގުރާމަ ކުރަމުންދާހާ ހިނދަކު، ރަޝިޔާ އަދި ބެލަރުސްއަށް އޮލިމްޕިކް ގޭމްސްއިން ފުރުސަތު ނުދިނުމަށް ޔުކްރޭނުންވަނީ އެދިފައެވެ. އެހެންނަމަވެސް ދެ ގައުމުގެ އެތްލީޓުންނަށް ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު އޮތް ގޮތެއް ބަލަމުން އަންނަ ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލް - އައިއޯސީންވަނީ ބުނެފައެވެ. 

ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ލާއިންސާނީ ހަނގުރާމައާ ގުޅިގެން ފީފާ އަދި ޔުއެފާއިން ރަޝިޔާގެ ކްލަބުތަކާއި ގައުމީ ޓީމުތައް މިދިޔަ އަހަރު ކުރީކޮޅު ސަސްޕެންޑް ކުރުމާއެކު އައިއޯސީގެ އެންގުމަށް އެހެން ކުޅިވަރުތަކުން އެ ރަޝިޔާވަނީ ސަސްޕެންޑްކޮށްފައެވެ. 

ބައިނަލް އަގްވާމީ ގިނަ ކުޅިވަރު ފެޑެެރޭޝަންތަކުން ރަޝިޔާއާ ބެލަރުސް ސަސްޕެންޑްކޮށްފައިވީނަމަވެސް ނިއުޓްރަލް އެތްލީޓުންގެ ގޮތުގައި ބައެއް ކުޅިވަރުތަކުންވަނީ އެ ދެ ގައުމުގެ އެތްލީޓުންނަށް ފުރުސަތު ދީފައެވެ. ނިއުޓްރަލް އެތްލީޓުންގެ ގޮތުގައި ވާދަކުރާނަމަ ވަކި ގައުމެއްގެ ދިދައެއް އެ ކުޅުންތެރިންނަކަށް ބޭނުމެއް ނުކުރެވޭނެއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް