ޓްރާންސްފާގައި މަކަރު ހެދިކަން ސާބިތުވެ، އަދި ކުލަބުގެ މާލީ ބަޔާންތައް އޮޅުވާލިކަން ސާބިތުވެ 15 ޕޮއިންޓް އުނިކޮށްފައިވާ ޔުވެންޓަސް އަމިއްލަ ދަނޑުގައި، މި ސީޒަނުގައި އަލަށް އިޓާލިއަން ލީގު ކުޅޭ މޮންޒާ އަތުން ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ. މޮންޒާ އިން ޔުވެންޓަސް ކޮޅަށް ދެ ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ.
މިއީ ޔުވެންޓަސް މި ސީޒަން ގައި މޮންޒާ އަތުން ބަލިވި ދެ ވަނަ މެޗެވެ. ލީގުގައި އެންމެ ފުރަތަމަ ބަލިވީ ވެސް މިދިޔަ ސެޕްޓެމްބަރު މަހު މޮންޒާގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗުގައި ބަލިވީ 1-0 އިންނެވެ.
މި ނަތީޖާއާ އެކު ޔުވެންޓަސް ވަނީ 23 ޕޮއިންޓާ އެކު ލީގު ތާވަލްގެ 13 ވަނައަށް ވެއްޓިފަ އެވެ. އަދި މޮންޒާ ވަނީ މި މޮޅާ އެކު 20 މެޗުން 25 ޕޮއިންޓް ހަމަކޮށްގެން 11 ވަނައަށް ޖެހިލައިފަ އެވެ.