
ވޮލީ އެސޯސިއޭޝަނުން މިއަދު އިއުލާންކޮށްފައިވަނީ އަންނަ ޖޫން މަހު އިންޓަރ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް 2023 ފަށާށެވެ. އިންޓަރ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް ނުވަތަ ރިސޯޓް ވޮލީ މުބާރާތަކީ ރިސޯޓުތަކުން އަބަދުވެސް ވަރަށް ދުރާލާ ތައްޔާރުވާ މުބާރާތެކެވެ.
އެހެން އަހަރުތަކެކޭ އެއް ގޮތަށް މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ޒޯން ބުރެވެ. އޭގެ ފަހުން ޗެމްޕިއަނުންގެ މެދުގައި ކުޅޭ ޗެމްޕިއަންސް ލީގު މި ފަހަރުވެސް އޮންނާނެއެވެ.
މި އަހަރުގެ މުބާރާތް ޖޫން މަހުގެ ފުރަތަމަ ދުވަހު ފަށަން ތާވަލުކޮށްފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކަށް ކަނޑައަޅާފައިވަނީ މެއި މަހުގެ 23 ވަނަ ދުވަހެވެ. އަދި ބައިވެރިވާ ރިސޯޓްތަކުން ލަސްވެގެން މެއި މަހުގެ 29 ވަނަ ދުވަހު ޓީމް ލިސްޓް ހުށަހަޅަން ޖެހެއެވެ.
މުބާރާތުގެ ގަވައިދާ، އަދިވެސް މުބާރާތާ ގުޅޭ އެހެނިހެން މައުލޫމާތު ވޮލީ އެސޯސިއޭޝަނުން މިއަދުވަނީ އިއުލާންކޮށްފައެވެ.