
އެމެރުކާއިން އާންމުކޮށްފައިވާ ބައެއް ލިޔުންތަކާ ހަވާލާދީ ބައެއް ނޫސްތަކުން ބުނާގޮތުން ރަޝިޔާގެ މަހުޖަނު ވިކްޓާ ވެކްސެލްބާގް ވަނީ މަނީލޯންޑަރިންގެ އެތައް އަމަލުތަކެއް ހިންގަފައެވެ. އަދި ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އޭނާ ވަނީ އޭނާގެ އަގުބޮޑު ޔޮޓެއްގެ ނަން ވެސް ބަދަލުކޮށް އޮޅުވާލުމަށް މަސައްކަތް ކޮށްފައެވެ. އަދި އޭނާ ފިލަން އައިސް ދިވެހިރާއްޖޭގެ ރިސޯޓެއްގައި ވެސް ހުރިކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުން ވިކްޓާ ވެކްސެލްބާގް އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި އޭނާ ފިލުމަށް ރާއްޖެއައީ އޭގެ ތިނެއް ނުވަތަ ހަތަރު އަހަރު ފަހުން ކަަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މިހެންކަމުން އޭނާ ފިލާފައިވަނީ 2021 ނުވަތަ 2022 ވަނަ އަހަރުއެވެ.
އޭނާ ދިވެހިރާއްޖެއަށް އައުމުގެ ކުރިން 73 މިލިއަން ސްޓާލިން ޕައުންޑު (1,384,876,108 ރުފިޔާ) ގެ އަގުބޮޑު ޔޮޓްގެ ނަން "ފަންޓާ" އަށް ވެސް ވަނީ ބަދަލުކޮށްފައެވެ. 225 ފޫޓުގެ މި ޔޮޓު މިހާރު ވަނީ އަތުލައިގަނެފައެވެ. އެ މައްސައްކަތުގައި އެހީވި އިނގިރޭސި ވިލާތުގެ ރައްޔިތެއްވެސް އެމެރިކާ ސިފައިން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ރަޝިޔާގެ މަހުޖަނު ވިކްޓާ ވެކްސެލްބާގް މިވަގުތު ހުރީ ކޮންތާކުކަމެއް ނެންގެއެވެ.