ads
ޕްރިޔަންކާ ޗްޕްރާ ޖޯނަސް އަދި ނިކްޖޯނަސް
ޕްރިޔަންކާ ޗޯޕްރާގެ ދަރިފުޅުގެ ފޮޓޯތައް ލީކުކޮށްލައިފި
ފޮރުވާއިގެން އުޅެނިކޮށް ޕްރިޔަންކާ ޗޯޕްރާގެ ދަރިފުޅުގެ ފޮޓޯތައް އިންޓަނެޓުގައި ހޯމަ ދުވަހު ލީކުކޮށްލައިފިއެވެ.

މިއީ އިންޓަނެޓަށް ޕްރިޔަންކާއާއި އޭނާގެ ފިރިމީ ނިކް ޖޯނަސްގެ އަންހެން ދަރިފުޅު މޯލްޓީ ޗޯޕްރާ ޖޯނަސްގެ ފޮޓޯތައް އާންމުވި ފުރަތަމަ ފަހަރެވެ. 

ގިނަބަޔަކު ބަނަނީ މޯލްޓީ ވައްތަރީ އޭނާގެ ބައްއާކަމަށެވެ.

your imageޕްރިޔަންކާ ދަރިފުޅާއެކު ނަގާފައިވަނިކޮށް ލީކުވި ފޮޓޯތައް

ދާދިފަހުން ޕްރިޔަންކާ ވަނީ އެނާގެ ދަރިފުޅާއެކު ފޮޓޯޝޫޓެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެ ފޮޓޯ ޝޫޓުގައި ވެސް އޭނާގެ ދަރިފުޅުގެ މޫނު ފޮރުވާފައި ހުރުމުން ގިނަބައެއްގެ ފާޑުކިއުން ޕްރިޔަންކާއަށް އަމާޒުވިއެވެ. 

މޯލްޓީގެ އުމުރަކީ 1 އަހަރެވެ. ފާއިތުވީ އަހަރު ދުވަހުގެ ތެރޭގައި ޕްރިޔަންކާ މޯލްޓީ އާއެކު ފޮޓޯ ނެގި ނަމަވެސް، އެ ކުއްޖާގެ ފޮޓޯ އާންމު ކުރާއިރު ހުންނަނީ މޫނު ފޮރުވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް