ads
ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން: ކޮރަޕްޝަން ފުޅާ ދާއިރާއެއްގައި މާނަކޮށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖޭގެ ރޭންކަށް ބަދަލެއް ނައި
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)އިން 2021 ވަނަ އަހަރު ރާއްޖެ 10 ގިންތި ދަށަށް ވެއްޓުނު ގޮތަށް މިދިޔަ އަހަރުުވެސް އެރޭންކުގައި ހިފަހައްޓާލައިފި އެވެ.
Advertisement

ސީޕީއައި އަކީ 180 ގައުމުގައި ސަރުކާރުތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ގަބޫލުކުރެވޭ ވަރު ބެލުމަށް ހަދާފައިވާ ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޕޮއިންޓް ދޭ އިންޑެކްސް އެކެވެ.

މީގެ ކުރިން 2020 ވަނަ އަހަރުގެ ސީޕީއައި އިން ރާއްޖެ އަށް ލިބުނީ 43 ޕޮއިންޓެވެ. އެއީ ގައުމުތަކުގެ ތެރެއިން 75 ވަނަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ރާއްޖެ އޮތީ 40 ޕޮއިންޓާއެކު 85 ވަނައަށް ވެއްޓިފަ އެވެ. 

މިއަދު އާންމުކުރި އިންޑެކްސްގައިވެސް ރާއްޖެ އޮތީ 40 ޕޮއިންޓާއިއެކު 85 ވަނައިގައި ހިފަހެއްޓިފައެވެ.

މިކަން ފާހަގަކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނީ، އެ ޑާޓާތަކުން ދައްކަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަދާފައިވާ ގާނޫނުތަކަށް އަމަލުކުރުމާއި ތަންފީޒު ކުރުމުގައި ހުރި ތާށިކަން ކަމަށެވެ. އަދި ތަހުގީގު ކުރުމާއި، ދައުވާ ކުރުމާއި، ތަންފީޒު ކުރުމާއި، ގާނޫނުތައް ތަންފީޒު ކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ އަދި އާންމު އޮފިޝަލުން ޖަވާބުދާރީ ނުކުރެވޭ މިންވަރު އިތުރުވެފައިވާ މަންޒަރު ރާއްޖެއިން ފެންނަމުންދާ ކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ "ޒީރޯ ޓޮލެރެންސް ޓު ކޮަރަޕްޝަން" އެވެ. ކޮރަޕްޝަންގެ މައްސަލަތައް ފަސޭހައިން ރިޕޯޓް ކުރުމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ހާއްސަ އޮންލައިން ޕޯޓަލެއްވެސް ގާއިމުކޮށްފައިވެއެވެ. ނަމަވެސް ކޮރަޕްޝަންގެ އަމަލުތައް ފެންނަ މިންވަރު މަދެއް ނުވެ އެވެ.

ޓްރާންސްޕޭރެންސީން މިއަދު ވަނީ ކޮރަޕްޝަން މަދުކޮށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ސަރުކާރަށް ގޮވާލައި އެކަމަށްޓަކައި ސަރުކާރަަށް ކުރެވިދާނެ ކަންކަން ވެސް ހުށަހަޅާފަ އެވެ.

ޓްރާންސްޕޭރެންސީން ސަރުކާރަށް ހުށަހަޅާފައިވާ ކަަންކަން

  • ސަރުކާރުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރި ކުރުން
  • މުހިއްމު މައުލޫމާތުތައް ވަގުތުން ވަގުތަށް ރައްޔިތުންނާއި ހިއްސާ ކުރުން
  • މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރާއިރު ހާމަކަން ބޮޑުކުރުން އަދި މައްސަލަަތައް އަވަހަށް ތަހުގީގުކޮށް ދައުވާކުރެވޭނެ ގާބިލުކަން އިތުރު ކުރުން
  • އެސެޓް ޑިކްލަރޭޝަން ނިޒާމު ވަރުގަދަ ކުރުން 
  • ސިޔާސީ މީހުންނާއި ސަރުކާރު މުވައްޒަފުން ޒިންމާދާރުކުރުން
33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް