ads
އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުެއްގެ ތެރެއިން: ފޮޓޯ / އައްޑޫ ސިޓީ ކައުންސިލް
އައްޑޫ ސިޓީ ކައުންސިލު 30.8 މިލިއަނުން ޖޫޫރިމަނާ ކޮށްފި
ތިމާވެއްޓަށް ގެއްލުންދީގެން އައްޑޫ ސިޓީ ކައުންސިލު، 30.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭއިން އައްޑޫ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފައި މިވަނީ، އައްޑޫސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ރުއްޖެހެރެ ސަރަހައްދުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑާ، އެ ސަރަހައްދުގައި ފެންގަނޑެއް ކޮނުމާއި، އަދި ގޮނޑުދޮށަށް ވެލި އެޅުމާގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން، އެމައްސަލަ ބެލުމަށްފަހު އެވެ. 

your imageރުއްޖެހެރެ ސަރަހައްދު---ފޮޓޯ:އޭއޯ 

މިއަދު އީޕީއޭއިން ބުނިގޮތުގައި:

  • ގަވާއިދާއި ހިލާފަށް އައްޑޫ ރުއްޖެހެރެ ސަރަހައްދުގެ 17818.09 އަކަ މީޓަރުގެ ސަރަހައްދަކުން ބިން ސާފުކޮށްފައިވާކަން ދެނެގަނެވިފައިވޭ
  • އެ ސަރަހައްދުން 1712.26 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަން ދެނެގަނެވިފައިވޭ

އެހެންކަމުން އައްޑޫޫ ސިޓީ ކައުންސިލު ޖުމްލަ 30,897,955.00 (ތިރީސް މިލިއަން އަށްލައްކަ ނުވަދިހަ ހަތްހާސް ނުވަސަތޭކަ ފަންސާސް ފަހެއް) ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ. ޖޫރިމަނާކުރީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ "ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012" އާއި "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" ގެ ދަށުން ނެވެ. 

ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާ ފައިސާ، އީޕީއޭ އަށް ދެއްކުމަށް، އައްޑޫ ސިޓީ ކައުންސިލަށް އިއްޔެ އަންގާފައި ވެއެވެ. 

ގަވާއިދާއި ހިލާފަށް ރުއްގަސް ކަނޑާ، ކޮނުމުގެ ސަބަބުން އައްޑޫ ސިޓީ ކައުންސިލު 30 މިލިއަނުން ޖޫރިމަނާކުރި އިރު، ރުއްޖެހެރެ ސަރަހައްދު ޕިކްނިކު އޭރިއާއެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް މިިދިޔަ އަހަރުން ފެށިގެން އެ ކައުންސިލުން ދިޔައީ ކުރަމުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް