ads
ރައީސް ޔާމީން-- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
މާޗު މަހު ރައީސް ޔާމީން މިނިވަން ވާނެ: ވަކީލުން
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މިދިޔަ މަސްތެރޭ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުން މިއަހަރުގެ މާޗު ހިސާބުގައި މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ގާނީނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޖަމީލު ވިދާޅުވީ، ރައީސް ޔާމީންނަށް އަންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލެވޭނެތޯ މިއީ ވަރަށް ގިނަ މީހުން ކުރާ ސުވާލެއް ކަމަށެވެ. އިސްތިއުނާފް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް ފާޅުކުރަމުންދާ ކަމަށެވެ. 

އެކަމަކު، އިސްތިއުނާފީ މަރުހަލާއަކީ މާ ދިގުދެމިގެންދާ މަރުހަލާއެއް ނޫންކަމުން، މިއަހަރުގެ މާޗު މަސްތެރޭ އެމަނިކުފާނު މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ. އަދި އިސްތިއުނާފީ މަރުހަލާއިން ކާމިޔާބު ލިބޭނީ ރައީސް ޔާމީން އަށް ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ. 

"ގަބޫލުކުރައްވާ އަޅުގަނޑުމެން މި އުންމީދު މި ކުރަނީ އިސްތިއުނާފީ އަޑުއެހުންތައް 2 ނުވަތަ 3 އަޑުއެހުމަށްވުރެ ދިގެއްނުވޭ ރާއްޖެއަކު. އެހެންވީމައި އަޅުގަނޑު އުންމީދުކުރަން ހަމަ ވަރަށް ތެދަށް ދަންނަވާ ކަމުގައި ވަންޏާ މާޗު ހިސާބުގައި މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް،" ޖަމީލް ވިދާޅުވި އެވެ.

ވ.އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އިއްވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނާއި ހަވާލުކޮށް، ވަރުގަދަ ކެމްޕެއިންތަކެއް ކުރަމުން ދަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. 

ހުކްމް އިސްތިއުނާފް ކުރުމުގެ މަސައްކަތް ޔާމީންގެ ވަކީލުންގެ ޓީމުން ކުރަމުންދާއިރު، އިސްތިއުނާފަށް ހުށަހެޅުމަށް ބަންދު ދުވަސްތަކާއި ނުލައި ގާނޫނުގައި ބުނާ 60 ދުވަސް ލިބޭނެ އެވެ. މިހާރު އޮތީ 48 ދުވަހުގެ މުއްދަތެކެވެ. 

މާޗު ހިސާބުގައި ޔާމީން މިނިވަންވާނެ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވިދާޅުވިއިރު، މިފަހަރުގެ އިންތިހާބަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު ހުޅުވާލާނީ 23 ޖުލައި އިން 13 އޮގަސްޓްގެ ނިޔަލަށެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިއުލާންކުރުން އޮންނާނީ އޮގަސްޓު ނުވަ ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނީ އެމަހުގެ 30 ގައެވެ.  

75%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް